ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 39ސ
ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ
ފްލޮރިޑާގެ ހޮސްޕިޓަލަކުން އުފަންވިތާ ގިނައިރެއް ނުވެ ވަގަށް ނެގި ކުއްޖަކު 18 އަހަރަށް ފަހު ދިރިހުއްޓައި ފްލޮރިޑާއިން ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ކިމިޔާ މޮބްލީ ވަގަށް ނަގާފައިވަނީ 1998 ވަނަ އަހަރުގެ ޖުލައިމަހުއެވެ.

މި މައްސަލައާ ގުޅިގެން ސައުތު ކެރޮލައިނާއިން ވަނީ ގްލޯރިއާ ވިލިއަމް ކިޔާ އުމުރުން 51 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައެވެ.

މޮބްލީ ދިރިއުޅެމުން ގެންދިޔައީ އެހެން ނަމެއްގައެވެ. އޭނާ ގަބޫލުކޮށްގެން ހުރީ ގްލޯރިއާއަކީ އޭނާގެ މަންމަ ކަމަށެވެ.

މޮބްލީގެ އާއިލާއަށް މިހާރު ވަނީ މި ޚަބަރު ދީފައެވެ.

ޖެކްސަންވިލީގެ ފުލުހުން ބުނެފައިވަނީ ޑީއެންއޭ ޓެސްޓުން މޮބިލީއަކީ ކާކުކަން ދެނެގަނެވިފައި ވާކަމަށެވެ. އަދި އޭނާ ފެނިފައިވަނީ އާއްމު ހާލަތުގައި ހުރި 18 އަހަރުގެ އަންހެނެއްގެ ގޮތުގައި ކަމަށެވެ.
މިއަދު އޮންލައިން