ގަނޑުފެނުގެ ތޫފާނުގެ މިސްރާބު ސެންޓްރަލް އެމެރިކާއަށް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ގަނޑުފެނުގެ ތޫފާނުގެ މިސްރާބު ސެންޓްރަލް އެމެރިކާއަށް
ފިނި މޫސުމާ ގުޅިގެން، ޔޫރަޕްގެ އެކި ހިސާބުތަކަށް އަރަމުންދާ ގަނޑުފެނުގެ ތޫފާން ސެންޓްރަލް އެމެރިކާގެ ސަރަޙައްދަށް މިސްރާބުޖަހައިފިއެވެ.

ގަނޑުފެނުގެ ސަބަބުން، ސެންޓްރަލް އެމެރިކާގެ ބޮޑު ސަރަޙައްދަކަށް ބޮޑެތި ގެއްލުން ވާނެ ކަމުގެ ބިރު އެބައޮތް ކަމަށް ކަމާއިބެހޭ ފަރާތް ތަކުން ބުނެފިއެވެ.

އެގޮތުން، ދަތުރުފަތުރުގެ ކަންތަކަށް ބުރޫއަރާ، އެ ސަރަޙައްދުން ގިނަ ގަސްތަކެއް މަރުވެ، ކަރަންޓުގެ ޚިދުމަތް ވެސް ކެނޑިގެންދާ ފަދަ ޙާލަތްތައް މެދުވެރި ވާނެ ކަމަށް ވެސް އެ ގައުމުގެ މޫސުމާއިބެހޭ ފަރާތްތަކާއި ހަވާލާދީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

އެ ސަރަޙައްދުގެ ބައެއް ހިސާބުތަކުގައި، މި ހަފްތާ ބަނދު ތެރޭގައި، 1 އިންޗީގެ ބޯމިނުގައި ގަނޑުފެން ޖަމާވެގެން ދާއިރު ބައެއް ހިސާބުތަކުގައި 3 އިންޗީގެ ބޯ މިނުގައި ގަނޑުފެން ޖަމާވެގެން ދާނެކަމަށް ވެސް ލަފާ ކުރެވެއެވެ.
މިއަދު އޮންލައިން