ސޯޝަލް މީޑިއާ އާއި ރައްޓެހި އަދި އިންސްޓަގްރާމަށް ފޮޓޯލާން އެނގޭ 21 އަހަރުން މަތީގެ މީހަކަށް ހިލޭ ދުނިޔެވަސައި ދަތުރުުކޮށްލުމުގެ ފުރުޞަތު ކޮންޑެ ނާސްޓެ ޓްރެވަލަރ އިން ހުޅުވާލައިފިއެވެ.
މިކަމަށް ހޮވޭ މީހަކަށް ކުރަންޖެހޭ ހަމައެކަނި ކަމަކީ ކްރޫސަރގައި ހިނގާ ކަންކަމާއި ފެންނަ މަންޒަރުތައް ވީހައި ގިނައިން ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި ހާމަކުރުމެވެ. މިކަމުގެ އަގެއްގެ ގޮތުން ހިލޭޭ ދަތުރުކުރުމުގެ ފުރުޞަތު ދިނުމުގެ އިތުރުން ޕޮކެޓް މަނީ އާއި ހަދިޔާއެއްގެ ގޮތުގައި 3 ހަފްތާއަށް 3،700 ޑޮލަރު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިކަމަށް ކުރިމަތިލުމުގެ ފުރުޞަތޮ ހޯދޭނެ ގޮތް ކޮންޑޮ ނާސްޓެ ޓްރެވެލަރގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފައެވެ.