މަންމަ އަކީ ސިހުރުވެރިއެއް ކަމަށްބުނެ ކަރުގައި ހިފައި ނޭވާހާސްކޮށް ދޫކަނޑާ މަރާލި މީހަކު 2 އަހަަރަށް ޖަލަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
މަންމަ އަކީ ސިހުރުވެރިއެއް ކަމަށްބުނެ ކަރުގައި ހިފައި ނޭވާހާސްކޮށް ދޫކަނޑާ މަރާލި މީހަކު 2 އަހަަރަށް ޖަލަށް!
މަންމަ އަކީ ސިހުރުހަދާ މީހެއް ކަމަށްބުނެ މަންމަގެ ކަރުގާ ހިފައި ނޭވާ ހާސްކޮށް ދޫބުރިކޮށް މަރައިލި މީހަކު 2 އަހަރަސް ލުމަށް ޝާރުޖާގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.

ޔޫއޭއީގެ އެމީހާ ކޯޓުގައި ބުނީ އޭނާގެ މަންމައަކީ ސިހުރިވެރިއެއް ކަމަށާއި އޭނާގެ މަންމަ މަރައިލީ އޭނާއަށް "އިލްހާމް" އަކާއި ގުޅިގެން ކަމަށެވެ.

ކޯޓުން އޭނާގެ މައްޗަށް މަރުގެ އަދަބު ދިނުމަށް ޙުކުމް ނުކުރީ އޭނާއަކީ ސިކުނޑީގެ މައްސަލަތައް ހުންނަ މީހެއްކަމަށްބުނެ އޭނާގެ އާއިލާއިން އޭނާއަށް މަޢާފްކޮށް މަރުގެ ދިޔަވެސް ބޭނުން ނުކުރުމުންނެވެ.

ކޯޓުން ހޯދި މެޑިކަލް ޑޮކިޔުމަންޓްތަކުން އޭނާއަކީ ސިކުނޑީގެ މައްސަލަތައް ހުންނަ މީހެއް ކަމާއި އޭނާއަކީ ބައެއް ފަަހަރު ކުރެވޭ ނުކުރެވޭ ކަންކަން ނުއެނގޭ ހާލަތުގައި ހުންނަ މީހެއްކަން ކޯޓަށް ސާބިތުނުވި ނަމަ އޭނާގެ މައްްޗަށް އިއްވާނީ މަރުގެ އަދަބު ދިނުމުގެ ޙުކުމެވެ.

މިއަދު އޮންލައިން