ޕެރިސް ސަމިޓުން ފަލަސްޠީނު މައްސަލައަށް ލިބުނު ކުރިއެރުމެއް ނެތް- ލިބުނީ ހަމައެކަނި އުންމީދެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ޕެރިސް ސަމިޓުން ފަލަސްޠީނު މައްސަލައަށް ލިބުނު ކުރިއެރުމެއް ނެތް- ލިބުނީ ހަމައެކަނި އުންމީދެއް!
ދުނިޔޭގެ ބޮޑެތި 75 ޤައުމަކުން ބައިވެރިވެގެން އިއްޔެ ފަރަންސޭސިވިލާތުގެ ޕެރިހުގައި ބޭއްވި ސަމިޓުން ފަލސްޠީނުގެ މައްސަލައިގައި ލިބުނު ކުރިއެރުމެއް ނެތް ކަމަށާއި ސަމިޓު ވެގެންދިއައީ ހަމައެކަނި އުންމީދަކަށް ކަމަށް ފަލަސްޠީނުން ބުނެފިއެވެ.

ފަލަސްޠީނުން މިއަދު ބުނީ ދުނިޔޭގެ 75 ޤައުމަކުން ފަލަސްޠީނުގެ މައްސަލައިގައި ކަންބޮޑުވާކަން ހާމަކޮށް އަޑު އުފުލިކަން އެއީ ލިބުނު ހިތްހަމަޖެހުމެއް ކަމަށާއި ނަމަވެސް ސަމިޓުގެ ތެރެއިން ލިބުނު އެއްވެސް އިތުރު ކުރިއެރުމެއް ނެތް ކަމަށެވެ.

"ފަލަސްޠީނަށް މިނިވަންކަން ލިބެންޖެހޭކަމަށް އެންމެންވެސް ބުނޭ. މެދުއިރުމަތީގެ މައްސަލަތަކަށް އޮތް ހައްލަކީ އެއީ ކަމަށް ވެސް ބުނޭ. މި އަޑުތައް އަހަން މިތިބެނީ. ވާއެއްވެސް ކަމެއް ނެތް." ފަލަސްޠީނުގެ އޮފިޝަލް ވިދާޅުވިއެވެ.

ފަލަސްޠީނުގެ އޮފިޝަލް ވިދާޅުވީ ފަަލސްޠީނުގެ ހައްޤުގައި އެއްވެސް ކުރެވޭނެ ގޮތުގެ އެއްވެސް ވާހަކައެއް ސަމިޓުގެ ނިންމުމުގައި ނެތުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން މި ސަމިޓުގެ ސަބަބުން ކުރިއަށް އިތުރަށް އެލުނު ފިޔަވަޅަކީ ކޮބައިކަމާއިމެދުވެސް ސުވާލުތައް އުފެދޭ ކަމަށެވެ.
މިއަދު އޮންލައިން