ސްރީލަންކާގައި މިހާރު ހުރީ އެންމެ 2 މަސްދުވަހު ބޭނުންކުރާނެ ފެން ކަަމަށްވާތީ ސަރުކާރުން ފެން ކޮންޓްރޯލްކޮށްފިއެވެ.
ސަރުކާރުން ބުނެފައިވަނީ އެއްވެސް ގޮތަކަށް ފެން އިސްރާފް ނުކުރުމަށާއި ވީހާ މަދުން ފެން ބޭނުންކުރަން އެދޭ ކަމަށެވެ. އަދި ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ ފެނުގެ ދަތިކމަކީ ފާއިތުވި 40 އަަހަރު ތެރޭގައި ކުރިމަތިނުވާފަދަ ދަތިކަމެއް ކަމަށެވެ.
ފެނުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ 13 ޑިސްޓްރިކްޓެއްގައި މިހާރުވަނީ ފެން ކޮންޓްރޯލްކޮށްގެން ދޫކުރަން ފަށައިފައެވެ. އެކި ސަރަހައްދުތަކުން ފެން ހުސްވެ ފެން ބޭނުންކުރާ މިންވަރު މިހާރު 15 އިންސައްތަ އިތުރުވެފައިވާކަމަށްވެސް ސަރުކާރުން ބުނެއެވެ.
ފެނުގެ ދަތިކަން މިހައި ބޮޑުވުމުން ދަނޑުވެރިންނަށް ވަނީ ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވެފައެވެ.