ގައުމީ ވޮލީ ލީގުގައި ޕީއާރުސީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ގައުމީ ވޮލީ ލީގުގައި ޕީއާރުސީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފި
ގައުމީ ވޮލީ ލީގުގައި ޕްރިޒަން ރިކްރިއޭޝަން ކްލަބް (ޕީއާރުސީ) ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފި އެވެ.

މި މެޗްގެ ސެޓްތައް އެޓީމުން ގެންދިޔައީ 22-25، 12-25 އަދި 24-26 އިންނެވެ.

މި މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ޕްރިޒަން ރިކްރިއޭޝަން ކްލަބްގެ ޖާޒީނަންބަރު 12، އިބްރާހިމް ޝިނާނެވެ.

ރޭ ކުޅުނު އެމެޗުގައި ޕީއާރުސީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ޓީމަށް ސަޕޯޓް ކުރުމަށްޓަކައި ޒުވާނުންގެ މަރުކަޒަށް ދިޔައެވެ. ކުރިއަށް އޮތް މެޗްގައި އެއަށްވުރެ ރަނގަޅު ސަޕޯޓެއް ފެނިގެންދާނެ ކަމަށް ޓީމުން އުންމީދު ކުރައްވައެވެ.

މި މުބާރާތް ފެށީ މިމަހުގެ 15 ގައެވެ. ނިމޭނީ 21 އެވެ. ޕީއާރުސީ ވާދަކުރަނީ ދެވަނަ ޑިވިޝަންގައެވެ. އެ ޓީމުގެ ދެވަނަ މެޗްގައި މާދަމާ ރޭ ނުކުންނާނީ ސްޕޯޓްސް ކްލަބް ސިޓީއާ ދެކޮޅަށެވެ.
މިއަދު އޮންލައިން