"ކާބިލް" މިމަހު 25 ގައި ރިލީޒްކުރަނީ

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 22ސ
"ކާބިލް" މިމަހު 25 ގައި ރިލީޒްކުރަނީ
ރާކޭޝް ރޯޝަން ޕްރޮޑިއުސްކޮށް، ސަންޖޭ ގުޕްތާ ޑައިރެކްޓްކޮށްފައިވާ ފިލްމް "ކާބިލް" ރިލީޒްކުރަން ހަފްތާއަކަށް ވެއްޖެއެވެ.

މިމަހު 25 ގައި ރިލީޒްކުރުމަށް ނިންމާފައިވާ މިފިލްމުގެ ހުރިހާ މަސައްކަތެއް ފުރިހަމަ ކުރުމަށް ފަހު މިހާރު ވަނީ ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ) އާއި ޙަވާލުކޮށްފައެވެ. ފިލްމް ރިލީޒްކުރުމުގެ ކުރިން ނިންމަން ޖެހޭ އެންމެ ފަހުގެ މަރުޙަލާ ކަމުގައިވާ ސެންސަރު ބޯޑުން ހަދަން ޖެހޭ ކްލިއަރެންސް ހެދުމަށް މީގެ ދެ ހަފްތާ ކުރިން ފޮނުވާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި ފިލްމް ރިލީޒްކުރަން ތިން ހަފްތާއަށް ވެފައިވަނިކޮށް ސެންސަރު ބޯޑާ ޙަވާލުކުރި ނަމަވެސް، ސެންސަރު ބޯޑުން ރާކޭޝް ރޯޝަންއަށް ވަކި އަހައްމިއްޔަތު ކަމެއް ނުދީ ކުރިން ހުރި ފިލްމުތަކުގެ ފަހަތަށް ވަނީ ލާފައެވެ. މީގެ ސަބަބެއް ކަމަށް ބޯޑުން ބުނެފައިވަނީ ގިނަ ޢަދަދެއްގެ ފިލްމުތަކެއް ކްލިއަރެންސަށް ފޮނުވާފައި ވާތީ ކަމަށެވެ. ރިޕޯޓުތައް ބުނާ ގޮތުން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވެސް ފިލްމުގެ ސެޓިފިކޭޝަން އަވަސްކޮށްދިނުމަށް އެދި ޕްރެޝަރެއް ނުކުރެއެވެ.

ލޯފަން ދެމީހެއްގެ ދެމެދުގައި އުފެދޭ ލޯބީގެ ގުޅުމެއްގެ މައްޗަށް ތަފާތު ޙާދިސާތަކާ އެކު އުފައްދާފައިވާ މިފިލްމުގައި ލީޑް ރޯލުން ރިތިކް ރޯޝަންއާ އެކު ޔައްމީ ގޯތަމް ފެނިގެންދާނެއެވެ. މި މަހުގެ 25 ވަނަ ދުވަހު ވޯލްޑްވައިޑްކޮށް "ކާބިލް" ޕްރިމިއަރ ކުރާއިރު، މިފިލްމުގެ ތަމަޅަ އަދި ތެލުގޫއިން ޑަބްކޮށްފައިވާ ވާޝަންތައް ވެސް ހަމަ އެދުވަހު ރިލީޒްކުރާނެއެވެ.
މިއަދު އޮންލައިން