ޔޫރަޕިއަން ޕާލިމެންޓްގެ ރައީސްގެ މަގާމަށް އެންޓޯނިއޯ ތަޖާނީ އިންތިޚާބުކޮށްފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 44ސ
ޔޫރަޕިއަން ޕާލިމެންޓްގެ ރައީސްގެ މަގާމަށް އެންޓޯނިއޯ ތަޖާނީ އިންތިޚާބުކޮށްފި
ޔޫރަޕިއަން ޕާލިމެންޓްގެ ރައީސްގެ މަގާމަށް އިޓަލީގެ ކޮންޒަވެޓިވްއެއް ކަމަށްވާ އެންޓޯނިއޯ ތަޖާނީ އިންތިޚާބުކޮށްފިއެވެ.

އުމުރުން 63 އަހަރުގެ ތަޖާނީއަކީ އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބާލުސްކޯނީގެ ތަރުޖަމާނުގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގެ ކުރީގެ ކޮމިޝަނަރއެވެ.

ތަޖާނީ އިންތިޚާބު ކާމިޔާބު ކުރެއްވީ އިޓަލީގެ އެހެން ބޭފުޅެއް ކަމަށްވާ ޖިއާނީ ޕިޓެއްލާއާ ވާދަކުރައްވައެވެ.

ޔޫރަޕިއަން ޕާލިމެންޓްއަށް ލިބިގެންވާ ބާރުތަކުގެ ތެރޭގައި އީޔޫގެ ގާނޫނުތަކަށް ބަދަލު ގެނައުން ނުވަތަ ހުއްޓުވުން ހިމެނޭއިރު އިނގިރޭސި ވިލާތް އީޔޫއިން ވަކިވުމަށް ވެވޭ އެއްބަސްވުން ބަލައިގަންނާނީތޯ ނުވަތަ ނޫންތޯ ބެލުމަށް ފަހު ބަސް ބުނުމުގެ ބާރު ވެސް ހިމެނެއެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވި ތަޖާނީއަށް 351 ވޯޓް ލިބިވަޑައިގެންނެވިއިރު ސޯޝަލިސްޓެއްކަމަށްވާ ޕިޓެއްލާއަށް 282 ވޯޓް ލިބިވަޑައިގެންވިއެވެ. މި ވޯޓް ހަތަރު ބުރަކަށް ދެމިގެން ގޮސްފައި ވެއެވެ.
މިއަދު އޮންލައިން