ޗެލްސީ މޭނިންގްއަށް ރައީސް ބަރަކް އޮބާމާ މައާފް ދެއްވައިފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 16ސ
ޗެލްސީ މޭނިންގްއަށް ރައީސް ބަރަކް އޮބާމާ މައާފް ދެއްވައިފި
ވިކިލީކްސްއަށް 2010 ވަނަ އަހަރު ލިޔެކިއުންތަކެއް ލީކް ކޮށްލި މައްސަލައިގައި ޖަލަށްލާފައި ހުރި ޗެލްސީ މޭނިންގްއަށް ރައީސް ބަރަކް އޮބާމާ މައާފް ދެއްވައި މިނިވަން ކުރައްވައިފިއެވެ.

އެމެރިކާގެ އަސްކަރިއްޔާގެ ޕްރައިވެޓެއްގެ ގޮތުގައި ހުރި އުމުރުން 29 އަހަރުގެ މޭނިންގްގެ ހުކުމުގެ މުއްދަތު ހަމަވެގެން ދޫކޮށްލާ ނަމަ އޭނާ މިނިވަންވާނީ 2045 ވަނަ އަހަރު މެއި 17 ގައެވެ.

އޭނާ އަށް 2013ވަނަ އަހަރު 35 އަހަރުގެ ޖަލު ހުކުމެއް އައިސްފައައި ވަނީ ޚާރިޖީ ގުޅުންތަކާ ބެހޭ ސިއްރު ލިއުންތަކެއް އެންޓި ސީކްރެސީ ގްރޫޕަކަށް ލީކް ކޮށްލުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ސާބިތުވުމުންނެވެ.
އެ ލިޔުންތަކަކީ އެމެރިކާގެ ތާރީޚުގައި ވެސް އެފަދަ މުހިއްމު ލިއުންތަކެއް އެހާ ގިނަ އަދަދަކަށް ލީކުވި ފަހަރެވެ.

ނިސްބަތްވާ ޖިންސް ކަނޑައެޅިފައިވާ ނުވާ މޭނިންގް ވަނީ އޭނާ ބަހައްޓާފައި ހުރި ފިރެހެނުންގެ ޖަލުގެ ތެރޭ ހުރެ މިދިޔަ އަހަރު ދެ ފަހަރެއްގެ މަތިން އަމިއްލައަށް މަރުވުމަށް މަސައްކަތްކޮށްފައެވެ.

މީގެ އިތުރުން މޭނިންގްވަނީ މިދިއަ އަހަރު ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ވެސް ކޮށްފައެވެ. އެ ހަޅުތާލު ހުއްޓާލާފައިވަނީ ޖެންޑާ ޑިސްފޯރިއާ ޓްރީޓްމަންޓް ދޭން އަސްކަރިއްޔާއިން އެއްބަސްވުމުންނެވެ.

ރައީސް އޮބާމާގެ އެންމެ ފަހު ހަރަކާތްތަކެއްގެ ގޮތުން އެ މަނިކުފާނުވަނީ ހުކުމް ތަންފީޒު ކުރަމުންދާ 209 މީހަކަށް އަދަބު ލުއިކޮށްދެއްވައި 64 މީހަކަށް މައާފް ދެއްވާފައެވެ.
މިއަދު އޮންލައިން