އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝް، އެޑްމިޓް ކޮށްފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 14ސ
އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝް،  އެޑްމިޓް ކޮށްފި
އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝް، އެމެރިކާގެހިއުސްޓަންގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްފި ކަމަށް ސީބީއެސްއާ ގުޅިފައިވާ ކޮހޫ ޓެލެވިޒަންއިން ބުދަ ދުވަހު ރިޕޯޓްކޮށްފިއެވެ.

އުމުރުން 92 އަހަރުގެ ބުޝްގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޖީން ބެކާ އެ ސްޓޭޝަންގައި ވިދާޅުވެފައިވަނީ ހާލު ރަނގަޅު ކަމަށާއި ދެތިން ދުވަހެއްގެ ތެރޭ ގެއަށް ބަދަލުވެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރޮއިޓާސްއިން ބުނެފައިވަނީ އާއިލާގެ ތަރުޖަމާނު ޖިމް މެކްގްރާތް ނުވަތަ ބުޝް އެޑްމިޓް ކުރެވުނު ހޮސްޕިޓަލުގެ ބަހެއް ލިބިފައި ނުވާ ކަމަށެވެ.

ބުޝްއަކީ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ އަދި 2016 ގެ ރިޔާސީ އިންތިޚާބުގައި ރިޕަޕްލިކަން ޕާޓީގެ ޓިކެޓަށް ނުކުންނެވި ފްލޮރިޑާގެ ކުރީގެ ގަވަރނަރ ޖެބް ބުޝްގެ ބައްޕާފުޅެވެ.

ބުޝްވަނީ 1988 ގައި ރައީސްކަމަށް އިންތިޚާބްވެ ވަޑައިގެންނެވުމުގެ ކުރިން ރޮނަލްޑް ރޭގަންގެ ދެ ދައުރުގައި ނައިބް ރައީސްކަން ކުރައްވާފައެވެ.

މިފަހުގެ އަހަރުތަކުގައި ފުރޮޅުލީ ގޮނޑީގައި އިންނަވާ ބުޝްވަނީ 2014 ވަނަ އަހަރު ވެސް ދެ ފަހަރެއްގެ މަތިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވެއެވެ. އޭގެ ތެރެއިން އެއްފަހަރު ނިއުމޯނިއާގެ އާލާސްކަންފުޅާ ގުޅިގެން ހަތް ހަފްތާ އަދި އޭގެ ފަހުން ނޭވާލެއްވުމަށް ދަތިފުޅުގެން ވެސް އެޑްމިޓް ކުރެވިފައެވެ.

އުމުރުފުޅުން 90 ގެ އަހަރުތަކަށް އެޅުމަށް ފަހު އާއްމު ތަންތަނުން ބުޝް ފެނުން ވަނީ މަދުވެފައެވެ.
މިއަދު އޮންލައިން