ކީރިތި ޤްރްއާނުގެ މުޞްހަފްތަކުގެ ތެރެއިން މިހައިތަނަށް ފެނިފައިވާ އެންމެ ދުވަސްވީ މުޞްޙަފް އިނިގިރޭސިވިލާތުގެ ބަރމިންހަމް ޔުނިވަރސިޓީން ފެނިއްޖެއެވެ.
ލިޔެފައިވަނީ ބަކަރި ނުވަތަ ކަންބަޅިބަކަރި ހަމުގައެވެ. ބެލެވޭ ގޮތުން އެ މުޞްހަފަކީ މީގެ 1300 އަހަރަށްވުރެވެސް ކުރިން ލިޔެފައިވާ ލިޔުމެކެވެ.
ދިރާސާ ކުރި ޕްރޮފެސަރަކު ބުނެފައިވަނީ އެ ލިޔެފައިވަނީ ކީރިތި ރަސޫލާ މުޙައްމަދު (ޞޢވ)ގެ ފައިންޕުޅު ފެނި އަދި ކިޔަވާ ވިދާޅުވިއަޑު އަހާފައިވާ މީހެއް (އިތުރު އެކަލޭގެފާނުގެ ޞަހާބީއެއް) ކަމަށް ޤަބުލުކުރެވޭ ކަމަށެވެ.
އެހެން ޕްރެފަސަރަކު ބުނެފައިވަނީ އެއިގައި ހުރި ލިޔުމާއި މިހާރުގެ ކީރިތި ޤްރްއާނާއި އެއްގޮތްކަމަށެވެ. އެހެންކަމުން ކީރިތި ޤްރްއާނުގެ އާޔަތްތައް ބަދަލުކުރަން ކުރެވުނު މަސައްކަތްތައް ކާމިޔާބު ނުކުރެވޭކަން މިވަނީ ޔަޤީން ކުރެވިފައެވެ. މިޒަމާނުގެ ސައިންސްގެ އެހީގައެވެ.
މިފަދަ ދުވަސްވީ މުޞްހަފެއް އެ ޔުނިވަރސިޓީން ފެނިފައި މިވަނީ އިނގިރޭސިންގެ ބާރުހުރި ދުވަސްވަރު އަރަބި ޤައުމުތަކުގައި ހުރި މިފަދަ މުހިންމު ލިޔުންތައް އަތުލައިގަނެގެން އިނގިރޭސިވިލާތައް ގެންދިއުމުގެތެރޭގައެވެ. މުޞްހަފް ފެނުނީ އެގޮތުން 1920 ވަނަ އަހަރު މެދުއިރުމަތީގެ ޤައުމުތަކުން އެޔުނިވަރސިޓީއަށް ގެންގޮސްފައިވާ ލިޔުންތަކުގެ ތެރެއިންނެވެ.
ގުޅުންހުރި ވީޑިއޯ: