ގެރި ނޮތޮޅުވިގެން ޓެމިލްނާޑޫ ރައްޔިތުން މަގުމަތީގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ގެރި ނޮތޮޅުވިގެން ޓެމިލްނާޑޫ ރައްޔިތުން މަގުމަތީގަ!
އިންޑިއާގައި ބާއްވަމުން އަންނަ އެންމެ ފޯރިގަދަ އެއް ކުޅިވަރުކަމަށްވާ ގެރިތޮޅުވުމުގެ މުބާރާތް ބޭއްވުން ސަރުކާރުން މަނާކުރުމުން ޓެމިލްނާޑޫ ރައްޔިތުންގެ ގިނަ ބައަކު މަގުތަކަށް ނުކުމެ މުޒާހަރާކުރަމުން އެބަގެންދެއެވެ.

އެމީހުން ގެންދަނީ ބޮޑެތި މަގުތައް ބަންދުކޮށް ދުއްވާ އުޅަނދުތަކަށްވެސް ހުރަސް އަޅަމުންނެވެ. އެއާޕޯޓަށް ދަތުރުކުރާ އުޅަނދުތަކަށްވެސް ހުރަސްއަޅަމުންނެވެ. ނަމަވެސް އަދި އެއްފްލައިޓެއްވެސް ކެންސަލްކުރަންޖެހުނުކަން އެނގިފައެއް ނުވެއެވެ.

މުޒާހަރާކުރާ މީހުން ބުނަމުން ގެންދަނީ އެއީ އެމީހުންގެ އެންމެ ޘަޤާފީ ކުޅިވަރުތަކުގެ ތެރެއިން ކުޅިވަރެއް ކަމަށާއި އެކަން ހުއްޓުވަންޖެހެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެހައި ޒަމާންވީ ކުޅިވަރަކަށް ސަރުކާރުން ހުރަސް އަޅަންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އިންޑިއާގެ މިހާރުގެ ސަރުކާރުން ގެރިއަށްދޭ ސަމާލުކަން ބޮޑުކަން ބޮޑުކަމުން މިފަދަ ގިނަ މައްސަލަތަކެއް ދަނީ ކުރިމަތިވަމުންނެވެ. ބައެއް ސްޓޭޓްތަކުގައި ގެރިމަސް ކެއުން މަނާކޮށް ގެރިމަސް ކާމީހުން ގެންދަނީ މަރަމުންނެވެ.
މިއަދު އޮންލައިން