އެމެރިކާގެ ރައީސްކަމުގެ މަގާމަށް ޑޮނަލްޑް ޓްރަމްޕް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައި ނުގެންނެވޭނެ ކަން ހާމަ ކުރައްވައި ކުރީގެ ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝް ޓްރަމްޕްއަށް މަޖާޒީ ސިޓީއެއް ފޮނުއްވައިފިއެވެ.
"އަޅުގަނޑުގެ ޑޮކްޓަރުން ވިދާޅުވެފައިވަނީ ޖެނުއަރީމަހުގެ ތެރޭ އަޅުގަނޑު ބޭރުތެރޭ އިށީނދެ އިނދެފިނަމަ ހަ ފޫޓް އަޑީގަ ވަޅުލުން ގާތްކަމަށް. ހަމަ އެފަދައިން ބާބަރާވެސް.އެހެންވީމަ އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން މި ތިބީ ޓެކްސަސްގަ ތާށިވެފައިހެން" ސިޓީގެ ބައެއްގައިވެއެވެ.
ހުވާ ކުރަން ދެ ދުވަހަށް ވެފައިވަނިކޮށް ރައީސް ބުޝް އަދި އަނބިކަނބަލުން ބާބަރާ ވަނީ ހިއުސްޓަންގެ ދެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައެވެ.
ބުޝްވަނީ ހިއުސްޓަން މެތޮޑިސްޓް ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައެވެ.
ކުރީގެ ރައީސްގެ ދެ ކަނބަލުންގެ ސިޓީގެ ޖަވާބު ދެއްވުމަށް ރައީސްކަމަށް އިންތިޚާބުވެ ވަޑަގެންފައިވާ ޑޮނަލްޑް ޓްރަމްޕްވަނީ ޓްވީޓެއް ކުރައްވައި ދެ ބޭފުޅުންނަށް ހެޔޮއެދި ވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.