ގެންބިއާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އަޑަމާ ބަރޯ އަވަށްޓެރި ސެނެގާލްގައި މަގާމުގެ ހުވާ ކުރައްވައިފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 5ސ
ގެންބިއާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އަޑަމާ ބަރޯ އަވަށްޓެރި ސެނެގާލްގައި މަގާމުގެ ހުވާ ކުރައްވައިފި
ގެމްބިއާގައި މިދިޔަ ޑިސެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އަޑަމާ ބަރޯ މަގާމުގެ ހުވާ އަވަށްޓެރި ސެނެގާލްގައި ހުންނަ ގެމްބިއާގެ އެމްބަސީގައި ކުރައްވައިފިއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ގެމްބިއާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އަޑަމާ ބަރޯ ރައީސްކަމުގެ ހުވާ ކުރެއްވިއިރު އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރައްވަން ދެކޮޅު ހައްދަވައި އަދި ރައީސްކަމުން ފައިބާވަޑައިގަތުމަށް ވެރިކަމުގައި ހުންނެވި ރައީސް ޔަހްޔާ ޖަމްމޭހު ވަނީ ދެކޮޅު ހައްދަވައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ސެނެގާލްގައި ހުންނަ ގެމްބިއާގެ އެމްބަސީގައި އަޑަމާ ބަރޯ ރައީސްކަމުގެ ހުވާ ކުރެއްވިއިރު، ސެނެގާލްގެ ސިފައިންގެ ފައުޖެއް ބަރުހަތިޔާރާއެކު ވަނީ ސަރަހައްދީ އިން ހުރަސްކޮށް ގެމްބިއާގެ ތެރެއަށް ވަދެފައެވެ.

ޖަމްމޭހް އަށް އެ ދެކުނު އެފްރިކާ ބައްރު ގައުމުތަކުގެ ލީޑަރުން ދީފައިވާ އެންމެ ފަހުގެ ސުންގަނޑިއަކީ ހުކުރު ދުވަހުގެ މެންދުރު 12 ގަނޑި ސުންމިނެޓު ކަމަށްވާއިރު ރައީސް ޖަމްމޭހް ސުންގަނޑި ހަމަވާއިރު ވެރިކަމުން ފައިބައިވަޑައިނުގެންފިނަަމަ އދ ގެ މަދަދު ލިބިފައިވާ އެފްރިކާ ބައްރުގެ ސިފައިން ބާރުގެ ބޭނުންކޮށްގެން ވެރިކަމުން ޖަމްމޭހް ދުރުކުރައްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިއަދު އޮންލައިން