މަސައްކަތު މީހެއްގެ ފައި ބުރިކޮށްލަން ޖެހުމުން ޓާޓާ މޯޓަރސްގެ ޖޭއެލްއާރު 900،000 ޕައުންޑުން ޖުރުމަނާކޮށްފިއެވެ.
އިނިގިރޭސިވިލާތުގެ ބަރމިންހަމް ކްރައުން ކޯޓުން ޖަގުއާ ލޭންޑްރޯވަރ އުފައްދާ ކުންފުނި ޖުރުމަނާކުރީ ކުންފުނީގައި މަސައްކަތްކުރަން ދުއްވި ދެ އުޅަނދެއް އެކްސިޑެންޓްވިއިރު ފިތުނު މުވައްޒިފެއްގެ ފައި ސަލާމަތް ނުކުރެވިގެން ބުރިކޮށްލަން ޖެހުމުންނެވެ.
ކޯޓުން ބުނީ އެ އެކްސިޑެންޓަކީ ހިންގަންޖެހޭ އެކްސިޑެންޓެއް ނޫން ކަމަށާއި އެކްސިޑެންޓް ހިނގީ އެއް ވެހިކަލް ދުއްވި މީހާގެ ފަރުވާ ކުޑަކަމުން ކަމަށެވެ. އަދި އެކްސިޑެންޓްގައި މީހަކަށް އެހައި ބޮޑު އަނިޔާއެއް ލިބުނީ ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނުއަޅައި ހުރުމުން ކަމަށެވެ.
ދައުވާކުރި ފަރާތުން މިމައްސަލައިގައި ވަކީލުންގެ ފީގެ ގޮތުގައި ޚަރަދުކޮށްފައިވާ 49،868 ޕައުންޑު ދިނުމަށްވެސް ޖޭއެލްއާރުގެ މައްޗަށް ވަނީ ޙުކުމްކޮށްފައެވެ.