ޓްރަމްޕްގެ ފުރަތަމަ ތަޤްރީރްވެސް ބޮޑު ބިރަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ޓްރަމްޕްގެ ފުރަތަމަ ތަޤްރީރްވެސް ބޮޑު ބިރަކަށް!
އެމެރިކާގެ ވެރިކަމާއި އަލަށް ހަވާލުވި ޓްރަމްޕް، ވެރިކަމާއި ހަވާލުވުމަށްފަހު ދިން ފުރަތަމަ ތަޤްރީރް ވެސް ވެގެންދިއައީ ދުނިޔެއަށް ބޮޑު ބިރަކަށް ކަމައް ގިނަ ބައަކު ދެކެއެވެ.

"އެއްވެސް އޯގާތެރިކަމެއް ނެތް. ކުލުނުވެރިކަމުގެ އަސަރެއް ވެސް ނެތް. ޞުލްޙަ އާއި އަމާންކަމާއި އެކުވެރިކަމުގެ ވާހަކަ ދެއްކީ ވެސް އަމުރުކުރާ ރާގުގަ. މިއީ ކޮންފަދަ ބޮޑު ބިރެއް." ޓްރަމްޕްގެ ތަޤްރީރް ދިރާސާކުރި ބައެއް މީހުން ބުނެފައިވެއެވެ.

ޓްރަމްޕްގެ ވެރިކަމުގެ ސިޔާސަތަކީ ވަރަށް އަމިއްލަ އެދުން ބޮޑު ސިޔާސަތެއް ކަމަށް ގިނަ ބައަކު ޤަބޫލުކުރެއެވެ. އޭނާގެ އަންހެން ދަރިއަކު ޔަހޫދީ އަކާއި ކައިވެނިކޮށްގެން އުޅޭތީ އިޒްރޭލަށް އެވަނީ އިޒްރޭލުން ކުރަން ބޭނުން ކޮންމެ ކަމެއް ކުރުމުގެ ފުރުޞަތު ދީފައެވެ.

އަޅުވެތިކަމުގައި ބައިގަރުނަށްވުރެ ދިގު މުއްދަތެއް ހޭދަކުރަމުން ގެންދާ ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތަކަކީ ޓްރަމްޕުގެ ކުރިމަތީގައި އެއްވެސް އެއްޗަކަށް ނުވީ ދަނބިދަރިފުޅުގެ ހައްޤުގައެވެ. އެހެންކަމުން އޭނާގެ ވެރިކަމުގައި ޑިމޮކްރަސީ އާއި އެހެން މީހުންގެ ހައްޤުތައް އޮންނާނެ ގޮތް މިވަނީ ކިތަންމެ ރަނގަޅަކަށްވެސް ފެނިފައެވެ.

ޓްރަމްޕުގެ ސަބަބުން މެދުއިރުމަތި "ފުނޑައިގެން" ދިއުމަކީ ވަރަށް ގާތްކަމެކެވެ. ޤައުމުތަކުގެ މެދުގައި މައްސަލަތައް އުފެދި 3 ވަނަ ބޮޑު ހަނގުރާމައެއް ކުރަންޖެހުމަކީ ވަރަށް ގާތްކަމެއްކަމަށް ތަޖުރިބާކާރުން ގެންދަނީ ބުނަމުންނެވެ.
މިއަދު އޮންލައިން