އުމުރާވުމަށްފަހު އައިމަގުމަތީގެ ޢާއިލާ އެކުގަ މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
އުމުރާވުމަށްފަހު އައިމަގުމަތީގެ ޢާއިލާ އެކުގަ މަރުވެއްޖެ
އުމުރާގެ އަޅުކަން ފުރިހަމަކުރުމަށްފަހު މަދީނާއިން އެނބުރި އައިމަގުމަތީގައި ކާރު އެކްސިޑެންޓްވެ އާއިލާގެ 5 މީހުން އެކުގައި މަރުވެއްޖެއެވެ.

މަރުވީ އޮމާންގެ ޢާއިލާއެއް އެކުގައެވެ. 3 ދަރިންނާއި މަންމަ އާއި ބައްޕައެވެ. ބެލެވޭ ގޮތުން އެއީ އަލްއަންސީރީ ދަރިކޮޅުގެ ބައެކެވެ.

މިއެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު 3 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެކްސިޑެންޓް ހިނގާފައިވަނީ އަލްހިޤްރާ ރޯޑްގައެވެ.

ހައްޖާއި އުމުރާގެ ދަތުރުތަކުގައި މިފަދަ ހާދިސާތައް ހިނގަން މެދުވެރިވާ އެއް ސަބަބަކީ ޑްރައިވަރުން ދަތުރުމަތީގައި ނިދިޖެހުމެވެ. ދެވަނަ ސަބަބަކީ ކޮންޓްރޯލް ނުކުރެވޭ ވަރަށް ބާރު ސްޕީޑްގައި ދުއްވުމެވެ.
މިއަދު އޮންލައިން