ޕާކިސްތާނުގެ ޕަރުޗިނާރުގެ ތަރުކަރީ މާރުކޭޓެއްގައި ބޮމެއް ގޮއްވާލުމުން 20 މީހުން މަރުވެ 49 މީހުން ޒަޚަމްވެއްޖެއެވެ. ބޮން މާރުކޭޓަށް ވައްދާފައިވަނީ ތަރުކަރީ ފޮށިގަނޑަކަށް ލައިގެންނެވެ.
މި ހާދިސާ ހިންގާފައިވަނީ މިއަދު ހެނދުނު 8:30 ހައިރު އެވެ.
ސަރަހައްދުގެ ހޮސްޕިޓަލްތަކަށް ގެންދެވުނު މީހުންގެ ތެރޭގައި ވަރަށް ބޮޑަށް ޒަޚަމްވެފައިވާ މީހުން ތިބުމުން މަރުވާ މީހުންގެ އަދަދު ދެގުނައަށް އިތުރުވާނެ ކަމަށް ވަނީ ބެލެވިފައެވެ.
ސަރުކާރުގެ އޮފިޝަލަކު ބުނެފައިވަނީ މި ހަމަލާދިނީ ގިނަ އަދަދެއްގެ ވިޔަފާރިވެރިން އެމީހުންގެ ފިހާރަތަކުގައި ވިއްކާނެ ތަރުކާރީ ގަންނަން މާރުކޭޓަށް ގޮސްތިބި ވަގުތެއްގައި ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ވިޔަފާރިވެރިން ހިމެނޭނެކަމަށް ބެލެވޭ ކަމަށެވެ.