ޓެރަރިސްޓުން ހައްޔަރުކުރުމަށް ސައުދީ ސިފައިން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން ޓެރަރިސްޓުން އަތުލައިގަތުމަށް މިއަދު ހިންގި އޮޕަރޭޝަނެއްގައި ޓެރަރިސްޓުންނަށް ހަމަލާ ދިނުމުން 2 ޓެރަރިސްޓަކު އަމިއްލައަށް ހަށިގަނޑު ގޮއްވާލައިފިއެވެ.
ސައުދީ ހޯމް މިނިސްޓްރީން މިކަމުގެ ތަފްސީލް އަދި ހާމަކޮށްފައެއް ނުވެއެވެ. ސައުދީ ގެޒެޓުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޖިއްދާގެ އަހަރްޒަތް ސަރަހައްދުގައި ޓެރަރިސްޓުން އަތުލައިގަތުމަށް ހިންގި އޮޕަރޭޝަނެއްގައި ޓެރަރިސްޓުންގެ ބައަކު މަރުވެފައިވާ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސިފައިން ގޮސް އެމީހުން ތިބި ގެ ވަށާލުމަށްފަހު އަމާން ދިނުމަށް އެންގުމުން އަމާން ނުދިނުމުން ސިފައިން ވަނީ އެގެއަށް ހަމަލާދީފައެވެ. ޓެރަރިސްޓުންނަށް ސަލާމަތް ނުވެވޭނެކަން އެނގުމުން އަމިއްލައަށް ހަށިގަނޑު ގޮއްވައިލީއެވެ.
މައްކާގެ ސަރަހައްދަށް ވަދެގަތުމަށް ޓެރަރިސްޓުން ގެންދަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. ޖިއްދާގެ ސަރަހައްދުން މީގެ ކުރިން ވެސް ވަނީ ޓެރަރިސްޓުންގެ 2 ގްރޫޕް އަތުލައިގަނެވިފައެވެ.