ލީބިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ބެންގާޒީގެ މިސްކިތެއް ކައިރީގައި ބޮމުގެ ހަމަލާއެއް ދީ ކުރީގެ ހޯމް މިނިސްޓަރާއި އޭނާގެ ދަރިފުޅާއިއެކު 13 މީހުން ޒަޚަމްކޮށްލައިފިއެވެ.
އިއްޔެ ދިން މިހަލަމަލާ ދީފައިވަނީ ކާރެއްގައި އޮތް ބޮމެއް ގޮއްވާލައިގެންނެވެ. މިހާދިސާގައި އެކަކު މަރުވި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ރިޕޯޓްތައް ބުނާގޮތުން ކުރީގެ ހޯމް މިނިސްޓަރު އަޝައުރު ޝަވަޔަލް އާއި އޭނާގެ ފިރިހެންދަރިފުޅުގެ ހާލު ވަރަށް ސީރިއަސްކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާ އާއި ހުޅަނގުގެ ޤައުމުތައް އިސްނަގައިގެން ލީބިޔާގެ ލީޑަރު ކާނަލް މުއައްމަރުލް ޣައްޒާފީގެ ވެރިކަން ވައްޓާލައި ޤައުމުގެ ހާލަތު ބަދަލުކޮށްލިފަހުން ލީބިޔާއަށް އެއްވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައެއް ނުވެއެވެ.