ޢުމްރާ ވެވި ޙަރަމްފުޅުގެ އިމާމް އާއި ބައްދަލުވުމުން ޙާޞިލުކުރަން ބޭނުންވި ހުރިހައި ކަމެއް ޙާޞިލުކުރެވިއްޖެ ކަމަށް ޢާނިމް އަލްމިފްތާހް ބުނެފިއެވެ.
ޣާނިމް އަކީ ޤަތަރުގެ ކުއްޖެކެވެ. އުފެދުނުއިރުވެސް ހުރި ބައްޔެއްގެ ސަބަބުން އުނަގަނޑުން ތިރި ބޮޑު ނުވުމުގެ ސަބަބުން ފަޔާއި ދެ އަތް ޖައްސައިގެން ހިނގާ ކުއްޖެކެވެ.
އޭނާއަށް ޠަވާފް ކުރުމުގައި އެހީތެރިވެދިނީ ޙަރަމްފުޅުގެ ސެކިޔުރިޓީ ބަލަހައްޓާ މީހުންނެވެ. ހަޖަރުލްއަސްވަދާއި ހަމައަށް ގެންގޮސްދިނީ އުފުލާލައިގެންނެވެ.
އެފަދަ ހާލުގައި އިން ކުއްޖަކު ޠަވާފްކުރާ ކަމުގެ ޚަބަރު ލިބިވަޑައިގަތުން ހަރަމްފުޅުގެ އިމާމުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝައިޚް މާހިރް އަލްމުއައިގިލް ވަނީ އޭނާ އާއި ބައްދަލުކުރައްވައި އޭނާގެ ހިތްވަރާއި ޠަވާފްކުރުމަށް ހުރި ޝައުޤުވެރިކަމަށް މަރުހަބާ ވިދާޅުވެފައެވެ.
ޣާނިމް ބުނީ އޭނާއަކީ އަބަދުވެސް މާތްﷲ އަށް ވަރަށް ބޮޑަށް ލޯބިކުރާ ކުއްޖެއް ކަމަށެވެ. އެހެންކަމުން ޠަވާފް ކުރުމަކީ އޭނާ އެންމެ ބޮޑަށް ކުރަން ބޭނުންވެގެން ހުރި ކަންތައް ކަމަށެވެ.