ޓްރަމްޕް ހުވާކުރުމާއިއެކު ފަލަސްޠީނުގެ ބިންތަކުގަ 12،000 އަށްވުރެ ގިނަ ގެ އިޒްރޭލުން އަޅަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ޓްރަމްޕް ހުވާކުރުމާއިއެކު ފަލަސްޠީނުގެ ބިންތަކުގަ 12،000 އަށްވުރެ ގިނަ ގެ އިޒްރޭލުން އަޅަނީ!
އެމެރިކާގެ ރައީސް ކަމުގެ ހުވާ ޓްރަމްޕް ކުރުމާއިއެކު އިޒްރޭލުން ފޭރިގެންފައިވާ ފަލަސްޠީނުގެ ބިންތަކުގައި 12،000 އަސްވުރެ ގިނަ ގެ އަލަން އިޒްރޭލުން ނިންމައިފިއެވެ.

މީގެ ތެރެއިން އިރުމަތީ ޖެރޫސަލަމްގައި އަލަންހަމަޖެހިފައިވާ 566 ގެ އެޅުމުގެ މަސައްކަތް ފަށަން މިއަދު ވަނީ އިޒްރޭލް ސަރުކަރުން ފަސްކޮށްފައެވެ. ދެންހުރި ގެތައް އުޅުމާއިބެހޭ ތަފްޞީލު އަދި ހާމައެއް ނުކުރެއެވެ.

ހިފާފައިވާ ބިންތަކުގައި ގެތައް ނުއެޅުމަށް އދ ގެ ސެކިޔުރިޓީ ކައުންސިލުން ވަނީ އަމުރުކޮށް ޤަރާރެއް ނެރެފައެވެ. އެހެންކަމާއިއެކުވެސް އެއިން ކަމަކަށް ބެލުމެއް ނެތި ޓްރަމްޕުގެ ބާރުގައި އިޒްރޭލުން ގެތައް އަޅަން ފަށަން މިހާރު އެވަނީ ނިންމައިފައެވެ.

ގެތައް އެޅުމުގެ މައްސަލަ އިޒްރޭލުން ލަސްކުރަމުން އައީ ޓްރަމްޕް ހުވާކުރަންދެންނެވެ. ޓްރަމްޕް ހުވާކުރުމާއިއެކު އިޒްރޭލަށް ލިބުނު ބާރުގެ ބޭނުން ވީހައި އަވަހަކަށް އިޒްރޭލުން ހިފާނެއެވެ.

މިކަމުގެ ސަބަބުން މެދުއިރުމަތީގެ މައްސަލަތައް އިތުރަށް ހޫނުވެގެންދާނެއެވެ. ނަމަވެސް އިޒްރޭލާއި އެމެރިކާގެ އިންސާފަކީ އެ ދެޤައުމަށް ފައިދާހުރި ކޮންމެ ކަމެއް ކުރުމެވެ.

ދުނިޔޭގެ ފިއްތުންތަކާއިހުރެ އިޒްރޭލަށް މިހައިތަނަށް ނުކުރެވި އޮތް ކަމަކީ އިޒްރޭލުގެ ވެރި ރަށަކީ ޖެރޫސަލަމް ކަމަށް ހެދުމެވެ. ޓްރަމްޕް ވައުދުވެފައިވާ ފަދައިން އެމެރިކާގެ އެމްބަސީ އިރުމަތީ ޖެރޫސަލަމަށް ބަދަލުކުރުމާއިއެކު އެކަންވެސް އިޒްރޭލުން ކުރާނެއެވެ.
މިއަދު އޮންލައިން