ޓީބީން ސަލާމަތް ނުވާނެކަން ޔަޤީންކުރެވުމުން 3 ދަރިން މަރައި ދެމަފރިން މަރުވާން މަސައްކަތްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ޓީބީން ސަލާމަތް ނުވާނެކަން ޔަޤީންކުރެވުމުން 3 ދަރިން މަރައި ދެމަފރިން މަރުވާން މަސައްކަތްކޮށްފި
މިޔަންމާގެ ފަޤީރު އަވަށެއްގެ ދެމަފިރިއަކަށް އެމީހުންނަށް ޖެހިފައިވާ ޓީބީ ބަލިން ރަނގަޅު ނުވާނެކަން ޔަޤީންކުރެވުމުން އެމީހުންގެ 3 ދަރިން މަރައި ދެމަފިރިން އެކުގައި މަރުވާން މަސައްކަތްކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އެދެމީހުންނަށް ދޭ ބޭހަށް ނުގުޑަން ފެށުމުން ދެމީހުންނަށް ލިބުނު މާޔޫސްކަން އިތުރުވީ އަވަށުގެ އެއްވެސް މީހަކު ދެމަފިރިންނާއި ވާހަކަ ދެއްކުން ހުއްޓައިލުމުންނެވެ.

އެންމެ ފަހުން ދެމަފިރިން މަރުވަން ނިންމައި އަދި ދަރިންކޮޅުވެސް މަރަން ނިންމީއެވެ. އެއަށްފަހު ވިހަ އެއް ގަދަކަމުން 3 ދަރިންނަށް ބޯން ދިނުމަށްފަހު ދެމަފިރިންވެސް ބުއީއެވެ. އުމުރުން 1 އަަހަރުގެ ދަރިފުޅު ވަނީ ވަގުތުން މަރުވެފައެވެ. އުމުރުން 7 އަހަރާއި 9 އަހަރުގެ ދަރިފުޅަށާއި ދެމަފިރިންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މިޔަންމާއަކީ ޓީބީ ބަލި އެންމެ ގިނަ އެއް ޤައުމެވެ. މިޔަންމާގައި ޓީބީ ބަލި ޖެހިލިފައިވާ 140،000 މީހުން ތިބިއިރު އަހަރަކު އެވްރެޖުކޮށް 9000 މީހުންނަށް ދަނީ ޓީބީ ޖެހެމުންނެވެ. ބަލި މީހުންނަށް ފަރުވާދެވެނީ ވަރަށް ދަށް ފެންވަރުގައެވެ. އެހެންކަމުން ގިނަ އަދަދެއްގެ ފަޤީރުން ކޮންމެ އަހަރަކު ދަނީ މަރުވަމުންނެވެ. ޓީބީ ޖެހިގެން މަރުވާ މީހުންގެ އަދަދަށް ބަލާނަމަ 2015 ވަނަ އަހަރު އެކަނިވެސް އެކި ޤައުމުތަކުގައި ޓީބީ ޖެހިގެން 1.8 މިލިއަން މީހުން ވަނީ މަރުވެފައެވެ.
މިއަދު އޮންލައިން