ކުވައިތުގެ ތެޔޮވަޅަކުން ލީކުވެގެން ކުއްލި ޙާލަތު އިއުލާނުކޮށްފިއެވެ. ކުވައިތުން ބުނީ ތެޔޮ ލީކުވި ނަމަވެސް ވިހަ ގޭހުގެ އަސަރު ކޮށްފާނެކަމަށް އަދި ނުބެލެވޭ ކަމަށެވެ.
ކުވައިތުގެ ތެޔޮވަޅުން ތެޔޮ ލީކްވުމުން ސައުދިއަރަބިޔާގެ ދެކުނުގެ ސަރަހައްދުގެ ގޮނޑުދޮށަށް އަސަރުކޮށްފާނެ ކަމަށް ބެލެވުނު ނަމަވެސް އަދި އެފަދަ ކަމެއް މެދުވެރިނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަލްމަޤްވާ ތެޔޮވަޅުން ލީކްވާންފެށީ އިއްޔެއެވެ. ލީކްވުން ހުއްޓުވަން ގެންދަނީ މަސައްކަތްކުރަމުންނެވެ.
މިކަމާއިބެހޭ ގޮތުން ހޭލުންތެރިވެ ތިބުމަށާއި ވީހައި ގިނައިން ގޭގައި ތިބުމަށް ސަރުކާރުން ދަނީ އިލްތިމާސްކުރަމުންނެވެ.