ކަޒަކިސްތާނުގެ ވެރިރަށް އަސްތާނާގަ މިއަދު ފެށި ވާހަކަތަކުގައި ބަޝާރުލްއަސަދުގެ ސިފައިން ބޭނުންވަނީ ފުރަތަމަ ކަމެއްގެ ގޮތުން އިދިކޮޅު ފަރާތްތަކުގައި ހުރި ހުރިހާ ހަތިޔާރުތަކެއް އަތުލުމަށެވެ. އިދިކޮޅު ހަނގުރާމަވެރިން ބޭނުންވަނީ މުޅި ސީރިޔާގައި އަމާންކަން ކަށަވަރުކުރެވުމެވެ.
އިދިކޮޅު ފަރާތްތަކުން ބުނީ ބަޝާރުލްއަސަދު ބޭނުންހައި ގޮތަކަށް ދޫނުކުރާނެ ކަމަށާއި މަޝްވަރާތަކުން ނަތީޖާއެއް ނުނުކުންނަ ނަމަ އޮތީ ހަމަ ހަނގުރާމަކުރުން ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ބުނީ މީގެ ކުރިންވެސް މަޝްވަރާ ކުރެވުނު ކަމަށާއި ނަމަވެސް ނުކުތް ނަތީޖާއެއް ނެތް ކަމަށެވެ. އެހެންކަމުން ވަގުތު ބޭކާރުކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.
މިއަދު ހެނދުނު ފަށަން އޮތް މަޝްވަރާތައް ފެށުނީ މެންދުރުވިފަހުންނެވެ. ދެފަރާތުގެ މެދުގައި ސީދާ މަޝްވަރާތައް ކުރިއަށް ގެންދަން އިދިކޮޅު ފަރާތްތަކުން ދެކޮޅު ހެދުމުން އެކަން ވަނީ ނުކުރެވިފައެވެ.