މަހެއްގެ ހަން ފަދަ ރާޅު، ބޯ ހަން ހުރި "އޭލިއަން ބޭބީ" އެއް ލިބުމުން މަންމަ ބިރުން ފިލައިފިއެވެ.
އިންޑިއާގެ ޕަޓްނާގެސަރުކާރު ހޮސްޕިޓަލެއްގައި އުފަންވި މިކުއްޖާ ފެނުމުން މަންމަ ދިއައީ ބިރުން ތުރުތުރު އަޅައިގަނެގެންނެވެ. އޭނާ ބުނީ އެފަދަ ކުއްޖަކު ގެންގޮސްގެން ބަލާނެ ގޮތެއްވެސް އޭނާއަށް ނުވިސްނޭ ކަމަށެވެ.
ވިއްސި ޑޮކްޓަރު ބުނީ ވިހެއުމުގައި އެއްވެސް މައްސަލައެއް ކުރިމަތިނުވާ ކަމަށާއި ބަރުދަނުގައި 2.5 ކިލޯ ހުރި ކަމަށެވެ. އަދި އުފަންވުމުން ރޮއެހެދިކަމަށެވެ. ކުއްޖާގެ ހަމާއި ސިފަ ބަދަލުވުމުގެ އިތުރުން ލޯވެސް ހުރީ ރަތްކުލައިގައެވެ. ލޯ ބޮޑުވާންޖެހޭ ވަރަށް ބޮޑެއްވެސް ނުވެއެވެ.
އާދައާ ޚިލާފް މިކުއްޖާ ބަލައިލުމަށް އެތައް ހާސް ބައަކު ވަނީ ހޮސްޕިޓަލަށް ޒިޔާރަތްކޮށްފައެވެ.
ބުނެވޭ ގޮތުން އުފަންވާ ކުދިންގެ ތެރެއިން ކޮންމެ 10 މިލިއަނަކުން 1 ކުއްޖަކު މިފަދަ ގޮތަކަށް އުފަންވެއެވެ. ނަމަވެސް ދިރިހުރުމުގެ ފުރުޞަތު ވަރަށް ކުޑައެވެ. ކުއްޖާގެ އެތެރެހަށީގެ ގުނަވަންތައް ނުވަތަ އޯގަންތައްވެސް ފުރިހަމަ ނުވާތީއެވެ. މިކުއްޖާ އާއިބެހޭ އިތުރު ތަޙްލީލްތައް ކުރުމަށާއި ބެލެހެއްޓުމަށް މިހާރުވަނީ ޕަޓްނާ މެޑިކަލް ކޮލެޖަށް ގެންގޮސްފައެވެ.