ޖެރޫސަލަމަކީ ޓްރަމްޕާ އިޒްރޭލުގެ މިލްކެއް ނޫން- އެ ބިން ހަމަ ވާނީ ފަލަސްޠީނުގެ ވެރިރަށަށް: ފަލަސްޠީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ޖެރޫސަލަމަކީ ޓްރަމްޕާ އިޒްރޭލުގެ މިލްކެއް ނޫން- އެ ބިން ހަމަ ވާނީ ފަލަސްޠީނުގެ ވެރިރަށަށް: ފަލަސްޠީން
ޖެރޫސަލަމަކީ އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުވަތަ އިޒްރޭލުގެ މިލްކެއް ނޫން ކަމަށާއި ފަލަސްޠީނުގެ އެބިން މުސްތަޤްބަލުގައި ވެގެންދާނީ ހަމަ ފަލަސްޠީނުގެ ވެރިރަށަށް ކަމަށް ފަލަސްޠީނުން ބުނެފިއެވެ.

ފަލަސްޠީނު ސަރުކާރުގެ ޚާރިޖީ ތަރުޖަމާނަކު ވިދާޅުވީ އެމެރިކާ އެމްބަސީ އިރުމަތީ ޖެރޫސަލަމަށް ބަދަލުކުރަން އެ ނިންމީ އެ ސަރަހައްދުގައި އިޒްރޭލުން ހިންގާ ގެދޮރުވެރިކަމުގެ ޕްރޮގްރާމަށާއި އަދި ހިންގާ ޖަރީމާތައް ހިމާޔަތްކުރާނެ އެމެރިކާގެ ބާރުތަކެއް އެމްބަސީ ހިމާޔަތްކުރުމުގެ ނަމުގައި އެސަރަހައްދުގައި ބައިތިއްބައި އިޒްރޭލަށް އިތުރު ހިމާޔަތް ހޯދުމުގެ ބޭނުމުގައި ކަމަށެވެ.

"އެމްބަސީ ބަދަލުކުރުމަކީ މިހާރު ނޫނީ ފަހުންވެސް އެމެރިކާއިން ކުރަން ނިންމާފައިވާ ކަމެއް. އެއީ ހަމަ ޔަޤީންކަމެއް. އެކަން ހުއްޓުވޭނީ ފަލަސްޠީނުގެ ހިމާޔަތުގައި ދުނިޔެ ނުކުމެއްޖެ ނަމަ އެކަނި. ފަލަސްޠީނުން އެކަން ބަލައެއް ނުގަންނާނެ. އަދި އެކަން ކޮށްގެން މައްސަލަތައް އިތުރަށް ގޯސް ކުރުވުން ނޫން މަޤްޞަދެއްވެސް ޓްރަމްޕާ އިޒްރޭލުގެ ނެތް."

އދގެ ސެކިޔުރިޓީ ކައުންސިލުން ފާސްކުރާ ޤަރާރުތަކަށް އަމަލުނުކޮށްފިނަމަ ކުދި ޤައުމުތަކާއިމެދު ފިޔަވަޅު އަޅައެވެ. އަދަބުވެސް ދެއެވެ.

ނަމަވެސް އެމެރިކާގެ ހިމާޔަތުގައި އޮންނަ އިޒްރޭލް ފަދަ ޤައުމަކާއި ދެކޮޅަށް ކުރެވޭ އެއްވެސް ކަމެއް އޮންނަ ކަމަކަށް ނުވެއެވެ.
މިއަދު އޮންލައިން