މުސްލިމުންނާ އެންމެ ރަހްމަތްތެރި މަންޒިލަކަށް ޔޫއޭއީ ހޮވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
މުސްލިމުންނާ އެންމެ ރަހްމަތްތެރި މަންޒިލަކަށް ޔޫއޭއީ ހޮވައިފި
މުސްލިމުންނާއި އެންމެ ރަހްމަތްތެރި މަންޒިލެއްގެ ގޮތުގައި ޔޫއޭއީ ހޮވައިފިއެވެ. ޔޫއޭއި ހޮވާފައި ވަނީ ނިޔު ތިންކް ޓޭންކުންނެވެ.

ގްލޯބަލް އިސްލާމިކް އިކޮނޮމީ ރިޕޯޓްގައިި ހާމަކޮށްފައިވާ ގޮތުގައި ޔޫއޭއީގައި ހުރި މުސްލިމް ހޮޓާތަކަކީ މުސްލިމުންގެ ވެށްޓާއި އެންމެ އެއްގޮތް ހޮޓާތަކެވެ. ޙަރާމް އެއްވެސް އެއްޗެއް ކާން ބޯން ނުލިބުމާއި ހޮޓާތަކުގެ މާހައުލު ތަރައްޤީކޮށްފައިވަނީ އެންމެ ފުރިހަމަ އިސްލާމީ ވެށީގައެވެ. އިސްލާމީ ޝަރީއާގެ ފުރިހަމަ އުޞޫލުތަކަށް އެ ހޮޓާތަކުގައި އަމަލުކުރެއެވެ.

މުސްލިމުންނާއި އެންމެ ރަޙްމަތްތެރި މަންޒިލުގެ ގޮތުގައި ޔޫއޭއީ ހޮވާފައިވާއިރު ބަލާފައިވާ ކަންކަމުގެތެރޭގައި ނަމާދުކުރެވޭނެ ގޮތް ހޮޓާތަކުގައި ހުންނަ މިންވަރާއި ބީޗް ފެސިލިޓީތައް ތަރައްޤީކުރުމުގައި އިސްލާމީ އުޞޫލުތަކަށް ކަންކަން ކޮށްފައިވާ މިންވަރުވެސް ވަނީ ބަލައިފައެވެ.

މިދިއަ އަހަރު ފަތުރުވެރިން ދަތުރުތަކަށް ޚަރަދުކުރުމުގައި އެންމެ މަތިން ރެކޯޑް ޙާޞިލުކޮށްފައިވަނީ 617 ބިލިއަން ދިރުހަމް ޚަރަދުކުރި ޗައިނާގެ ފަތުރުވެރިންނެވެ. މުސްލިމް ފަތުރުވެރިން ޚަރަދުކޮށްފައިވަނީ 554 ބިލިއަން ދިރުހަމެވެ.

ރިޕޯޓް ބުނާގޮތުން މުސްލިމް ފަތުރުވެރިން އެންމެ ބޮޑަށް އިސްކަންދީފައިވަނީ އިސްލާމީ ހޮޓާތަކަށެވެ. ހަލާލް ތަކެތި އެކަނި ވިއްކާ ހޮޓާތައް އިޚްތިޔާރުޖުކުރުމަށް މުސްލިމް ފަތުރުވެރިން އިސްކަންދެއެވެ. ހަލާލްތަކެއްޗަށް އެންމެ ބޮޑަށް އިސްކަންދޭ ދެ ޤައުމުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ސައުދިއަރަބިޔާ އާއި ޔޫއޭއީއެވެ.

މުސްލިމުން ނޫން މީހުންވެސް އިސްލާމީ ހޮޓާތައް އިޚްތިޔާރުކުރުން ދަނީ އިތުރުވަމުންނެވެ. ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރެވޭތީއެވެ.
ސައްތައިން ސައްތަ ދިވެހިރާއްޖޭގައި އަދި އިސްލާމީ އެންމެ ހޮޓަލެއް، ރިޒޯޓެއް ނެތް ނަމަވެސް އެފަދަ ރިޒޯޓެއް ތަރައްޤީކުރަން އިސްލާމީ ފިނޭންސް ސެންޓަރުން ގެންދަނީ މަސައްކަތްކުރަމުންނެވެ.
މިއަދު އޮންލައިން