މޯދީ ވައިޓް ހައުސްއަށް- ދުނިޔޭގެ އެންމެ ބޮޑު 2 ޑިމޮކްރަސީގެ މެދުގަ ބަދަހި ގުޅުމެއް!

އަހުމަދު
ކިޔުމަށް ހޭދަވާނީ 39ސ
މޯދީ ވައިޓް ހައުސްއަށް- ދުނިޔޭގެ އެންމެ ބޮޑު 2 ޑިމޮކްރަސީގެ މެދުގަ ބަދަހި ގުޅުމެއް!
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވައިޓް ހައުސްއަށް ވަޑައިގެންނެވުމުގެ ދައުވަތު އެމެރިކާގެ ރައީސް ޓްރަމްޕް ދީފިއެވެ. މޯދީވެސް ވަނީ ޓްރަމްޕް އިންޑިއާއަށް އައުމުގެ ދައުވަތު ދީފައެވެ.

ޓްރަމްޕް އެމެރިކާގެ ވެރިކަމާއި ހަވާލުވުމަށްފަހު މޯދީއަށް ކުރި ފޯން ކޯލް ކުރީ މިއަދު ހެނދުނުއެވެ. ފޯންކޯލަށްފަހު ދެފަރާތުންވެސް ބުނެފައިވަނީ އެއީ ވަރަށް ކާމިޔާބު ފޯނުކޯލެއް ކަމަށެވެ.

ގުޖްރާތުގައި ހިނގައި ދިއަ ހަމަނުޖެހުންތަކުގައި ގިނަ ބައަކު މަރާލާފައިވުމާއި ގުޅިގެން މޯދީ އާއި އެެމެރިކާ އާއި ދެމެދުގައި މައްސަލަތަކެއް އުފެދުނެވެ. ނަމަވެސް ބޮޑުވަޒީރު ކަމަށް އާދެވުމާއިއެކު މޯދީ ވަނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި އެކުގައި ވަރަށް ގާތް ގުޅުމެއް އުފައްދައިފައެވެެ.

ޓްރަމްޕަކީ މުމްބާއީގައި ޓަވަރުތަކެއް މިހާރު ވެސް އަޅަމުން ގެންދާ އިންވެސްޓަރެކެވެ.
މިއަދު އޮންލައިން