ގައުމީ ވޮލީޓީމު ފުރަތަމަ މެޗުން ބަލިވެ އަމިއްލަ ބާރުކެނޑިއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
ގައުމީ ވޮލީޓީމު ފުރަތަމަ މެޗުން ބަލިވެ އަމިއްލަ ބާރުކެނޑިއްޖެ!
ވޯލްޑް ވިމެންސް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފައިން ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން ދިވެހިރާއްޖެ މިއަދު ބަލިވެއްޖެއެވެ.

ނޭޕާލާ ބައްދަލުކުރި މެޗުގައި ރައްޖެ ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ. އިޖުތިމާއީ މަރުކަޒުގެ އެތެރޭ ކޯޓްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ރާއޖެވަނީ ރަނގަޅު ފައިޓެއް ދީފައެވެ. އެހެނަމަވެސް މުޅި މެޗުގައިވެސް އެންމެ ފަހަރަކުވެސް ދިވެހިޓީމަށް ލީޑް ލިބިފައެއް ނުވެއެވެ.

ނޭޕާލުން ފުރަތަމަ ސެޓް ކާމިޔާބުކުރީ 25-17 އިންނެވެ. ދެވަނަ ސެޓް ވެސް ނޭޕާލުން ގެންދިޔައީ 25-17 އިންނެވެ. ތިންވަނަ ސެޓް ނޭޕާލުންގެންދިޔައީ 25-15 އިންނެވެ. މިނަތީޖާ މިހެން ނުކުތަސް ރާއްޖެވަނީ މެޗުން މޮޅުވާން ވަރަށް ހިތްވަރު ކޮށްފައެވެ.

މެޗުން ރާއްޖެ ބަލިވުމުން މުބާރާތަށް ކޮލިފައިވުމުގެ އަމިއްލަ ބާރު ދިވެހިޓީމަށް މިހާރުވަނީ ގެއްލިފައެވެ. މުބާރާތުގައި އިތުރު ކުރަށްދާން ބޭނުންވާ ކަމަށްވާނަމަ އީރާންއާއި ނޭޕާލް މާދަމާ ކުޅޭ މެޗުން ނާޕާލް ބަލިވާންޖެހެއެވެ. އަދި ފަހު މެޗުގައި އީނާއި ރާއްޖެ ބައްދަލުކުރާ މެޗުން ރާއްޖެ މޮޅުވާން ޖެހެއެވެ.

މިމުބާރާތުން އެއްވަނަ ހޯދާ ޓީމަކަށް އޭޝިއާގެ ފައިނަލް ބުރުން ޖާގަ ލިބޭނެއެވެ.
މިއަދު އޮންލައިން