ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 9ސ
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
މީގެ ދެ އަހަރު ކުރިން ހައްޖު މޫސުމުގެ ތެރޭގައި މައްކާގެ ހަރަމްފުޅުގެ މައްޗަ ކެރޭނެއް ވެއްޓި 100 އަށް ވުރެ ގިނަ މީހުން މަރުވި ހާދިސާއާ ގުޅިގެން 13 މީހެއްގެ މައްޗަށް އުފުލުނު ދައުވާތައް ކޯޓުން ބޭރުކޮށްލައިފިއެވެ.

ކެރޭނު ވެއްޓުނު ހާދިސާ ވަރަށް ގާތުން ކަވަރު ކުރަމުން ދިޔަ ސައުދީގެ ދުވަހު ނޫހެއް ކަމަށްވާ އޮކާޒް އިން ބުނީ ކޮށްފައިވާ ދައުވާއަކީ ރައްކާތެރި ކަމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް އިހުމާލުވުމުގެ ދައުވާއެއް ކަމަށާއި އެހެން ނަމަވެސް ކޯޓުގެ އިހްތިސާސްގެ ތެރޭގައި އެފަދަ މައްސަލަތައް ބެލުން ނުހިމެނޭ ކަމަށް މައްކާގެ ޖިނާއީ ކޯޓުގެ ހުކުމުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

ކެރޭން މައްސަލައާ ގުޅިގެން ދައުވާ އުފުލުނު މީހުންގެ ތެރޭގައި ސައުދީ ބިލިއަނަރަކާއި ޕާކިސްތާނާއި، ފިލިޕީންސް، ކެނެޑާ އަދި އަރަބި ބައެއް ގައުމުތަކުގެ މީހުން ހިމެނެއެވެ.
މައްސަލަ ނުބެލޭނޭ ކަމަށް ކޯޓުން ހުކުމް ކުރުމުން، މައްސަލަ ހުށަހެޅި ދައުލަތުގެ ވަކީލުން ހުކުމާ ދެކޮޅުހެދި ކަމަށާއި އަދި ހުކުމް އިސްތިއުނާފް ކުރާނޭ ކަމަށް ވެސް އޮކާޒް ނޫހުން ބުނެއެވެ.

އޮކާޒް ދުވަހު ނޫހާއި، ސައުދީ ގެޒެޓުން ޝަރީއަތް ފެށި ދުވަހު ރިޕޯޓް ކޮށްފައި ވަނީ ޝަރީއަތް ފެށީ 14 މީހެއްގެ މައްޗަށް ކަމަށެވެ. އެހެން ނަމަވެސް މައްކާގެ ޖިނާއީ ކޯޓުން މައްސަލަ ބޭރުކޮށްލިއިރު ބުނެފައިވަނީ 13 މީހެއްގެ ވާހަކައެވެ. އެކަން ވީގޮތެއް އަދި ސާފުނުވާ ކަމަށް އޮކާޒް ނޫހުން ރިޕޯޓު ކުރެއެވެ.
މިއަދު އޮންލައިން