އިންޑިއާގެ ކަންނާޑާ ބަހުން ކުޅޭ ފިލްމުތަކުގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ ޕަރުލް ޔާދޭވްއަށް ހަމަލާދީ ކާލަން މަގުމަތީ ކުއްތާތަކެއް އުޅެފިއެވެ.
ރިޕޯޓްތައް ބުނާގޮތުން އޭނާއަށް ކުއްތާތައް ހަމަލާދިނީ އޭނާ ގެންގުޅުނު ކުއްތާއެއް މަގުމަތީ ކުއްތާތަކެއްގެ ތެރެއަށް ދިއުމުން އެ ކުއްތާ ސަލާމަތްކުރުމުގެ ބޭނުމުގައި މަގުމަތީ ކުއްތާތައް ފައްސައިގަތުމުންނެވެ.
މިހާދިސާ ހިނގާފައިވަނީ އެނާ ދިރިއުޅޭ ގޭގެ ކައިރީގައެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ހާދިސާގައި އޭނާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އަދި ހޮސްޕިޓަލުގައި ގެންދަނީ ފަރުވާދެމުންނެވެ.
ޓީވީ ސީރީޒްތަކުން މަޝްހޫރުވެގެން އައި ޕަރުލް އަކީ ކަންނާޑާ ފިލްމުކުޅުމުގެ އެންމެ އިސްސަފުގައި ހުރި ތަރިއެކެވެ.
ގުޅުންހުރި ވީޑިއޯ: