ޓެމިލްނާޑޫގަ ކޮކާކޯލާފަދަ ބުއިންތައް ބޯނަމަ މެރުން ކައިރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ޓެމިލްނާޑޫގަ ކޮކާކޯލާފަދަ ބުއިންތައް ބޯނަމަ މެރުން ކައިރި!
ޓެމިލްނާޑޫގެ ސަޤާފީ ކުޅިވަރެއްކަމަށްވާ ގެރި އާއި ހިފުން މަނާކޮށް ހުއްޓުވުމުން އެކަމަށް ދެކޮޅު ހެދުމުގެ ގޮތުން އެ ސްޓޭޓްގައި ކޮކާކޯލާ އާއި ޕެޕްސިކޯލާފަދަ ބުއިންތައް ބޭނުން ނުކުރުމަށާއި ނުވިއްކުމަށް އެސްޓޭޓްގެ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ގޮވާލައިފިއެވެ.

އެޖަމިއްޔާއިން ބުނެފައިވަނީ އެފަދަ ބުއިންތައް ބޭނުން ނުކުރުމުން މައި ސަރުކާރަށް ލިބޭ ޢާމްދަނީ މަދުވާނެ ކަމަށެވެ. އަދި އެކަމުން ރައްޔިތުންގެ ޞިއްހަތަށްވެސް ކުރާނީ ފައިދާ ކަމަށެވެ. އެޖަމިއްޔާ އިން ގޮވާލާފައިވަނީ މާރޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެކަމަށް އަމަލުކުރުމަށް އެދޭ ކަމަށެވެ.

އެޖަމިއްޔާގެ މެންބަރުންގެ ގޮތުގައި 6000 ވިޔަފާރިއެއް ވަނީ ރަޖިސްޓްރީކޮށްފައެވެ. 21 ލައްކަ ފިހާރަ ވަނީ ރަޖިސްޓްރީކޮށްފައެވެ.

މިބާވަތުގެ ގޮވާލުންތަކަށް އަމަލުކުރުމަކީ ކުރަން މަޖުބޫރު ކަމެއް ނޫނެވެ. ނަމަވެސް މިކަމުގެ ނުރައްކަލަކީ ވަތަނީ ކަންކަމާއި ގުޅުވައިގެން މިމޭރުމުން ގޮވާލެވޭ ކަންކަމަށް އަމަލު ނުކުރުމުން ގޭންގްތަކުން ހަމަލަދީ މީހުން މަރަމުން ގެންދިއުމެވެ. އެހެންކަމުން އަންނަ މާރިޗްމަހުގެ 1 ވަނަ ދުވަހުން ފެށިގެން މިބާވަތުގެ ބުއިންތައް ބޭނުންކުރުން، ޓެމިލްނާޑޫގައި ވާނީ ވަރަށް ނުރައްކާތެރި ކަމަކަށް ކަމުގައި ބެލެވެއެވެ.
މިއަދު އޮންލައިން