ޖުމްހޫރީ ދުވަހު އާސާމްގެ 6 ސަރަހައްދެއްގައި ބޮން ގޮއްވި- މީހުން ބިރެއް ނުގަތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ޖުމްހޫރީ ދުވަހު އާސާމްގެ 6 ސަރަހައްދެއްގައި ބޮން ގޮއްވި- މީހުން ބިރެއް ނުގަތް!
އިންޑިއާގެ 68 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއަ އިރު އަސާމް ސްޓޭޓްގެ 6 ސަރަހައްދެއްގައި ބޮން ގޮއްވުމުގެ ހާދިސާތައް ހިންގައިފއެވެ.

އާސާމްގެ ސަރުކާރުން ބުނީ ގޮއްވީ އެއްވެސް ބާރެއް ހުރި ބޮންތަކެއް ނޫން ކަމަށާއި އެއްވެސް ހާދިސާއެއްގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ. ބޮންތައް ގޮއްވީ ރައްޔިތުން ގަންނަވައި ޖުމްހޫރީ ދުވަހުގެ އިފްތިހާލްތަކުގައި ބައިވެރިވަން ގެއިން ނުކުތުމަށް ބިރުގަންނަވަން ކަމަށެވެ.
ސަރުކާރުން ބުނީ ބޮންތައް ގޮއްވި ނަމަވެސް ގިނަ ބައަކު މަގުތަކަށް ނުކުތް ކަމަށާއި ހަރަކާތްތައް ހިންގި ތަންތަނަށް ކުޅިބަލައި އުފާކުރަން ދިއަ ކަމަށެވެ.

މީގެ ތެރެއިން 2 ބޮން ގޮއްވާފައިވަނީ މަނިޕޫރުގައެވެ.
މިއަދު އޮންލައިން