މުސްލިމް 7 ޤައުމެއްގެ ރައްޔިތުންނަށް 90 ވަންދެން އެމެރިކާއަށް ނުދެވެނެ ގޮތް ޓްރަމްޕް ހެދީއެވެ. އެއިގެތެރޭގައި މިހިމެނެނީ އެމެރިކާއަށް ޤައުމު ވިއްކާލި އިރާޤް އާއި ލީބިޔާގެ އިތުރުން ސީރިޔާ، އިރާން، ސޫދާން، ސޯމާލިއާ އަދި ޔަމަނެވެ.
އެމެރިކާއަށް އެމެރިކާ ބޭނުންވާހައި ގޮތްގޮތަށް ކަންކަން ނުކުރެވިފައި އޮތީ މެދުއިރުމަތި ގަދަ ބާރެއްގެ ގޮތުގައި އޮތްއިރުއެވެ. އެކަމަށް ނިމުމެއް ގެނައުމަށްޓަކައި އިރާޤުގެ ޚާއިނުން މެދުވެރިކޮށް އިރާޤް އަޅުވެތިކޮށްލީއެވެ. އެއަށްފަހު ލީބިޔާގެ ރައްޔިތުން ލައްވައި ލީބިޔާގެ ބާރުވެސް ކަނޑުވައިލީއެވެ.
މިއަދު އިރާޤާއި ލީބިޔާ ރައްޔިތުންނަށް އެމެރިކާގެ ފަސްގަނޑުގައި ފައިތިލަ ޖައްސައިލުމުގެ ފުރުޞަތުވެސް ނެތީއެވެ. މިހުރިހައި ގެއްލުންތަކެއްގެ ޒިންމާތައް އުފުލަންޖެހޭނީ ހަމަ އިރާޤް އާއި ލީބިޔާގެ ޚާއިނުންނަށެވެ. އަދި އެމެރިކާ އާއި އެއްބައިވި މުސްލިމް ޤައުމުތަކަށެވެ.
އިޜާޤާއި ލީބިޔާ ފުރިހަމަ ބާރުގެ ގޮތުގައި އޮތް އިރު އައިސިސް އެއްވެސް ނެތެވެ. އެވަރުގެ ވަރުގަދަ އެހެން ޖަމާއަތެއްވެސް ނެތެވެ. އިރާޤާއި ލީބިޔާގެ ބާރު ދުއްވައިލުމަށްފަހު އައިސިސް އެއްވެސް އުފަންކުރުވީއެވެ. މުޅި މެދިއިރުމަތި ހަނގުރާމައިގެ ޒަލްޒަލާތަކެއްގެ ތެރެއަށް ވައްޓައިލުވީ ހަމަ އެމެރިކާއެވެ. އެއަށްފަހު މެދުއިރުމަތި ނިކަމެތިކޮށް އެގެންދަނީ އަޅުވެތިކުރަމުންނެވެ.
7 ޤައުމަށް ވިސާ ނުދޭން ޓްރަމްޕް ނިންމުމުން ޤައުމުތަކުގައި އެހެންދަނީ މުޡާހަރާތައް ކުރަމުންނެވެ. ނަމަވެސް އެކަމުން ޓްރަމްޕަށް ކުރާނެ އެއްވެސް އަސަރެއް ނެތެވެ. ވައިޓް ހައުސްއަށްވުރެ ޓްރަމްޕް ޓަވަރުގެ ބާރު މިއަދު މާގަދައެވެ.