ކޯވަލަމްގެ ޑައިވަރަކު ރާޅުތަކުގެ އަޑީގަ ކައިވެނިކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ކޯވަލަމްގެ ޑައިވަރަކު ރާޅުތަކުގެ އަޑީގަ ކައިވެނިކޮށްފި
އިންޑިއާގެ ކޯވަލަމް ސަރަހައްދުގައި ޑައިވަރެއްގެ ގޮތުން މަސައްކަތްކުރާ މީހަކު ކޯވަލަމް ރާޅުތަކުގެ އަޑީގައި ކައިވެނިކޮށްފިއެވެ.

ނިކިލް ޕަވާރު ބޭނުންވީ އާދައާ ޚިލާފު ގޮތަކަށް އަދި އޭނާ ދިރިއުޅެން ކުރާ މަސައްކަތާއި އެއްގޮތް މާހައުލެއްގައި ކައިވެނިކުރުމަށެވެ.

އެހެންކަމުން އޭނާގެ ލޯބިވެރިޔާ، ސްލޮވޭކިއާގެ އަންހެނެއް ކަމަށްވާ އިޔުނިކާ އާއި ކައިވެނިކުރީ ކަނޑުރާޅުތަކުގެ އަދީގައެވެ.

އިޔުރިކާ ބުނީ ކައިވެނިކުރި ވަގުތު ބިރު ގަތްކަމަށާއި ގިރަސްވުރެ ހާޞިލުކުރެވުނު އުފާ މާ ބޮޑު ކަމަށެވެ. ނިކިލް ބުނީ ކަނޑުއަޑީގައި ކައިވެނި ކުރުމަކީ އޭނާ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ.

ނިކިލްގެ ކައިވެނީގެ ވާހަކަތައް ދުނިޔޭގެ ގިނަ ނޫސްތަކެއްގައި ލިޔުމުން އެކަން ވެފައިވަނީ ކޯވަލަމަށް ލިބުނު ބޮޑު އިިޝްތިހާރަކަށެވެ.
މިއަދު އޮންލައިން