ޕާކިސްތާން ސަރުކާރަށް ފާޑުކިޔާ ނޫސްވެރިންގެ ތެރެއިން ގެއްލިފައިވާ ދެމީހަކު ޢާއިލާއަށް ގުޅައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ޕާކިސްތާން ސަރުކާރަށް ފާޑުކިޔާ ނޫސްވެރިންގެ ތެރެއިން  ގެއްލިފައިވާ ދެމީހަކު ޢާއިލާއަށް ގުޅައިފި
ޕާކިސްތާނު ސަރުކާރަށް ފާޑުކިޔާމީހުންގެ ތެރެއިން ގެއްލިފައިވާ 2 މީހަކު އެމީހުންގެ އާއިލާއަށް ގުޅައި ދުނިޔޭގައި އަދި އެބަތިބި ކަމަށް ބުނެފިއެވެ.

ޢާއިލާއަށް ގުޅި ދެމީހުންގެ އާއިލާތަކުން ވަނީ އިތުރު އެއްވެސް މައުލޫމާތެއް ދިނުމަށް ދެކޮޅު ހަދާފައެވެ. އާއިލާތަކުން ބުނީ އެމީހުންގެ މައުލޫމާތު ހާމަކުރާނީ އެމީހުން ހޯދާކަމަށް ފުލުހުން ކަމަށެވެ. ފުލުހުން ބުނީ އެކަންކަން ބެލުމަށްފަހު ރިޕޯޓެއް ޢާންމުކުރާނެ ކަމަށެވެ.

ޕާކިސްތާނުގެ ކަންކަމަށް ފާޑުކިޔައި އިންސާނީ ހައްޤުތަކުގެ ވާހަކަތައް ލިޔާ 5 ނޫސްވެރިއަކު ވަނީ ގެއްލިފައެވެ. އެއިގެ ތެރެއިން 3 މީހެއްގެ އެއްވެސް ޚަބަރެއް އަދިވެސް ނުވެއެވެ.

ގެއްލިފައިވާ މީހުން ހޯދަން ސަރުކާރުން މަސައްކަތް ނުކުރާކަމަށް ބުނެ ގިނަ ބައަކު ގެންދަނީ ސަރުކާރާއި ދެކޮޅަށް އަޑުތައް އުފުލަމުންނެވެ.
މިއަދު އޮންލައިން