މުސްލިމް 7 ޤައުމެއްގެ މީހުންނަށް އެމެރިކާއަށް ނުއެރޭ ގޮތަށް އެމެރިކާގެ ރައީސް ޓްރަމްޕް ޤަވާއިދު ހެދުމުން އެމެރިކާއަށް ދާ މުސްލިމް އަންހެނުން ހަމައެކަނި ބިޑުިއަޅިވަނީއެއް ނޫނެވެ. ގުނަވަންތަކުގައި އަތްލައި ހިތުހުރި ގޮތެއްވެސް ހަދަނީއެވެ.
މި މައްސަލަ ފެންމަތިވީ 1993 ވަނަ އަހަރުން ފެށިގެން އެމެރިކާގައި ދިރިއުޅެމުން އަންނަ ސޫދާންގެ އަންހެނަކު އޭނާގެ ޕީއެޗްޑީއަށް ބޭނުންވާ ރިސަރޗްހެދުމަށް ސޫދާނަށް ދިއުމަށްފަހު އެމެރިކާއަށް އެނބުރި އައުމުންނެވެ.
އުމުރުން 39 އަހަރުގެ އިލައިން ބުނީ އިމިގްރޭޝަން އޮފިސަރުން އޭނާގެ މައްޗަށް ޖެހިގަތީ އެއްވެސް ގޮތެއް ފޮތެއް ނުބަލައި ކަމަށެވެ. އަދި ބިޑިއަޅުވަން އަތް ދައްކަން ބުނުމުން އަތް ދިއްކުރި ވަގުތު އިތުރު އޮފިސަރުންތައް އައިސް އޭނާގެ ހުރިހައި ގުނަވަންތަކެއްގައި އަތްލައި ކަންތައްތައް ކުރީ ވަރަށް އަނިޔާވެރިކޮށް ކަމަށެވެ.
ޓްރަމްޕްގެ އަމުރު ތަންފީޒު ކުރުން ވަގުތީ ގޮތުން ކޯޓުން ހުއްޓުވުމާއި ގުޅިގެން އިލައިން މިހާރު ވަނީ ދޫކޮށްލާފައެވެ. އޭނާ ބުނީ އެފަދަ ބިރުވެރި އަދި އަނިޔާވެރިކަމެއް މީގެކުރިން އިހްސާސްކުރަން ޖެހިފައި ނެތުމުން ވަރަށް ބާރަށް ރޮވުނު ކަމަށެވެ.
ޓްރަމްޕް ޤަރާރުގައި ސޮއިކުރި ވަގުތުން ފެށިގެން އަމުރު ތަންފިޒުކުރަން ފެށިއިރުވެސް މިފަދަ މައްސަލަތައް ދިމަވާނެކަން ރަނގަޅަށް އިމިގްރޭޝަނަށް އެނގޭނެއެވެ. އެމެރިކާއަށް ދިއުމަށް ކުރާ ދަތުރުތަކަކީ އެތައް ގަޑިިއިރެއްގެ ދަތުރުތައް ކަމަށްވުމުން ފްލައިޓުގައިވެސް އެތައް ހާސް ބައަކު ތިބޭނެކަން އިމިގްރޭޝަނަށްވެސް އަދި ޓްރަމްޕަށްވެސް ވަރަށް ރަނގަޅަށް އެނގޭނެއިރު މިއީ ފަހުގެ ތާރީޚުގައި ޤައުމެއްގެ ވެރިއެއްގެ ކިބައިން ކުރިމަތިވި އެންމެ އަނިޔާވެރި އަމަލުކަން ގިނަބައަކު ފާހަގަކުރެއެވެ.