ޓެކްސާސްގެ މިސްކިތެއް އަންދާލައިފި- އަޤީދާއެއް ނުއެންދޭނެ! އަޅާނީ މާފުރިހަމަ މިސްކިތެއް: މުސްލިމުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ޓެކްސާސްގެ މިސްކިތެއް އަންދާލައިފި- އަޤީދާއެއް ނުއެންދޭނެ! އަޅާނީ މާފުރިހަމަ މިސްކިތެއް: މުސްލިމުން
އެމެރިކާ މީހުން ނައްތާލަން ބޭނުންވެގެން މަސައްކަތްކުރަމުން ގެންދާ ޓެކްސާސްގެ މިސްކިތެއްގައި "އަލިފާން ރޯވެ" އަނދައިފިއެވެ. މިސްކިތުގައި "ހުޅު ހިފީ" ހޮނިހިރު ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.

މިމިސްކިތުގައި ހުޅުޖަހަން އެތައް ފަހަރަކު ވަނީ މަސައްކަތްކޮށްފައެވެ. މިސްކިތަށް އެކިފަހަރުމަތިން ވަނީ ގެއްލުންދީފައެވެ. ދާދިފަހުން ވަނީ މިސްކިތުގައި ހުރި ގިނަ އަދަދެއްގެ ތަކެތިވެސް ވަގަށް ނަގައިފައެވެ.

އަލިފާން ރޯވެފައި ހުއްޓާ ފެނުނީ އެ ސަރަހައްދުގެ ފިހާއެއްގައި މަސައްކަތްކުރާ މީހަކަށް އެރޭ ދަންވަރު 2:00 ހައިއިރުއެވެ.

އެ މިސްކިތަކީ އިސްލާމިކް ސެންޓަރަކާއިއެކު ހަދާފައިވާ މިސްކިތެކެވެ. އިސްލާމިކް ސެންޓަރުގެ ވެރިއަކު ވިދާޅުވެފައިވަނީ މުޅި އިމަރާތުގައި ހުލުހިފުމުގެ ސަބަބުން މިސްކިތާއި އިސްލާމިކް ސެންޓަރު އެކުގައި އަނދައިގެންގޮސްފައިވާ ކަމަށެވެ. މިއީ 2000 ވަނަ އަހަރު ކޮށްފައިވާ ބިނާއެކެވެ.

އިސްލާމިކް ސެންޓަރުގެ ރައީސް ޝާހިދު ހާޝިމީ ވިދާޅުވީ މިސްކިތް "އެނދި" ނަމަވެސް ސަރަހައްދުގެ އެހެން މިސްކިތްތަކުގައި ނަމާދުކުރާނެ ކަމަށާއި އެއްވެސް މުސްލިމެއްގެ އަޤީދާގައި އަލިފާން ނުހިފާނެ ކަމަށެވެ. އަދި ނުވެސް އަނދާނެ ކަމަށެވެ.

ހާޒިމީ ވިދާޅުވީ ނަމާދުކުރާނެ ވަގުތީ ތަނެއް އަޅައިދޭނެ މުސްލިމުން މިހާރުވެސް ވަނީ އެކަމަށް ކުރިމަތިލާފައި ކަމަށެވެ. "11/9 ގެ ހާދިއާ ހިނގުމުން ވެސް މުސްލިމުންނާއި ގައިރު މުސްލިމުން އެކުވެރިވެ އެހީތެރިވީ. މިހާރުވެސް އެކަން އޮންނާނީ އެގޮތަށް ﷲ ވާގިފުޅާއިއެކު ކުރިއަށްވުރެ ފުރިހަމަ މިސްކިތެއް އަހަރެމެން އަޅާނަން."

އެމެރިކާގައި މިސްކިތް އެންދުމަކީ ވަރަށް ޢާންމު ކަމަކަށް މިހާރު ވަނީ ވެފައެވެ. މިމަހުގެ 7 ވަނަ ދުވަހުވެސް އޮސްޓިންގައި ވަނީ މިސްކިތެއް އަންދާލައިފައެވެ. އެމެރިކާގެ އިންޓެލިޖެންސް އެޖެންސީތައް ވަރަށް މޮޅެވެ. ނަމަވެސް މިސްވކިތުގައި ހުޅުޖަހާ އެއްވެސް މީހަކު އަދި އަތުލައިގަނެވިފައެއް ނުވެއެވެ.
މިއަދު އޮންލައިން