ޓްރަމްޕާމެދު އެންމެ ބޮޑަށް ކަންބޮޑުވަނީ އެމެރިކާއަށް ކުރާ ކައްކައިދިން އިރާޤީން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ޓްރަމްޕާމެދު އެންމެ ބޮޑަށް ކަންބޮޑުވަނީ އެމެރިކާއަށް ކުރާ ކައްކައިދިން އިރާޤީން!
މުސްލިމް 7 ޤައުމެއްގެ މީހުންނަށް އެމެރިކާއަށް ނުދެވޭގޮތް ހަދައި އެއިގެ ތެރޭގައި އިރާޤްގެ ރައްޔިތުން ހިމެނުމުން އިރާޤްގެ ތެރޭގައި މައްސަލަތައް އުތުރިއަރަން ފަށައިފިއެވެ.

އެއް ބައަކު ބުނަނީ އެމެރިކާ މީހުންނަށް އިރާޤަށް ނޭރޭނެ ގޮތް ހަދަންޖެހޭ ކަމަށެވެ. މަޖިލިސް މެންބަރުން ގެންދަނީ އެފަދަ ބިލެއް ޑްރާފްޓްކުރަމުންނެވެ. އަނެއް ބައަކު ބޭނުންވަނީ އިރާޤްގައި މިހާރު ތިބި އެމެރިކާ އެންމެން ވަގުތުން އިރާޤުން ބޭރުކޮށްލުމަށެވެ.

މިފަދަ ތަފާތު އޮއިވަރުތައް އިރާޤްގެ ތެރޭގައި އެނބުރެމުންދާއިރު ހަތަރު އުދަރެސް ފެނުޖެހި އެންމެ ބޮޑަށް ކަންބޮޑުވެގެން އުޅެނީ އިރާޤުގެ ބާރާއި މިނިވަންކަން އެމެރިކާއަށް ވިއްކާލުމުގައި ބައިވެރިވި އިރާޤީންނެވެ. މަދު ފައިސާކޮޅެއްގެ ދަހިވެތިކަމުގައި އެމެރިކާއަށް ކުރާކައިދިން އިރާޤީންނެވެ.

އެފަދަ ބައެއް މީހުން މިއަދު ބުނީ އިރާޤަކީ ޓެރަރިޒަމާއި ދެކޮޅަށް އެންމެ ވަރުގަދައަށް ހަނގުރާމަކުރާ ޤައުމު ކަމަށެވެ. އަދި އެމީހުން އައީ އެމެރިކާ އިން ބުނިހައި ކަމެއް ކޮށްދެމުން ކަމަށެވެ. ނަމަވެސް ޓްރަމްޕު މިހާރު ވަނީ އެމީހުންނަށްވެސް އެމެރިކާއަށް ނޭރޭނެ ގޮތް ހަދާފައި ކަމަށާއި އެމެރިކާއަކީ އެއްވެސް ވަރަކަށް އިންޞާފަށް ލޯބިކުރާ ޤައުމެއް ނޫން ކަމަށެވެ.

އެމެރިކާއަށް މެދު އިރުމައްޗަށް ގަދަވެ ގަނެވުނީ އިރާޤް ދުއްވާލައިގެންނެވެ. ފުނޑުކޮށްލައިގެންނެވެ. އެކަން އެމެރިކާއަށް ކޮށްދިން މީހުންގެ ކަރުބުޑުގައި މިހާރު އެލަނީ އެކަމުގެ ހިތި ރަހައެވެ.
މިއަދު އޮންލައިން