މިޔަންމާގެ ދަގަނޑު އަންހެނާގެ ސަރުކާރުގަ ހިމެނޭ ހަމައެކަނި މުސްލިމް މެންބަރުގެ ބޮލަށް ބަޑިޖަހާ މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
މިޔަންމާގެ ދަގަނޑު އަންހެނާގެ ސަރުކާރުގަ ހިމެނޭ ހަމައެކަނި މުސްލިމް މެންބަރުގެ ބޮލަށް ބަޑިޖަހާ މަރާލައިފި
މިޔަންމާގައި ވެރިކަންކުރާ ދަގަނޑު އަންހެނާ، ސޫކީގެ ސަރުކާރުގައި ހިމެނޭ ހަމައެކަނި މުސްލިމް މެންބަރު ކޯ ނި ގެ ބޮލަށް ބަޑިޖަހާ މަރާލައިފިއެވެ.

ފްރާންސް ނިޔުސް އެޖެންސީން ބުނެފައިވަނީ ކާކުކަން ނޭނގޭ މީހަކު ކޯ ނި ގެ ބޮލަށް ބަޑިޖެހީ އިންޑޮނެސިއާއަށް ކުރި ރަސްމީ ދަތުރެއް ނިންމާފައި އައިސް އެއާޕޯޓުން ނުކުމެ ޓެކްސީއަކަށް އެރިތަނުން ކަމަށެވެ. އަދި މިހަމަލާގައި ޓެކްސީގެ ޑްރައިވަރުވެސް ވަނީ މަރުވެފައެވެ.

ސޫކީގެ ތަރުޖަމާނު ބުނެފައިވަނީ ކޯ ނިގެ ބޮލަށް ބަޑިޖެހީ ޓެކްސީއެއް ހޯދަން އުޅެނިކޮށް ކަމަށެވެ.

ކޯ ނި އަކީ ސޫކީގެ ޕާޓީގެ ލޯޔަރެއްގެ ގޮތުން ދިގު މުއްދަތެއްގައި ޚިދުމަތްކޮށްފައިވާ ޤާނުނީ ވަކީލެކެވެ. ސޫކީ ބަންދުން ސަލާމަތްކުރަންވެސް ގަދައަޅައި މަސައްކަތްކުރި މީހެކެވެ. ބެލެވޭ ގޮތުން ކޯ ނިގެ ކުށަކީ ދީނާއި ގުޅުވައިގެން އަނިޔާވެރި ނުވުމަށާއި މީހުން ނުމެރުމަށް ބުނަމުން ގެންދިއުމެވެ.
މިއަދު އޮންލައިން