އެމްސްޓަޑަމްގެ މިސްކިތްތަކުގަ ޖަމާއަތުގަ ނަމާދުކުރާއިރު މިސްކިތުގެ ދޮރުތައް ތަޅުލަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
އެމްސްޓަޑަމްގެ މިސްކިތްތަކުގަ ޖަމާއަތުގަ ނަމާދުކުރާއިރު މިސްކިތުގެ ދޮރުތައް ތަޅުލަން ފަށައިފި
ނެދަރލޭންޑްސްގެ ވެރިރަށް އެމްސްޓަޑަމްގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރާ ވަގުތުތަކުގައި މިސްކިތްތަކުގެ ދޮރުތައް ތަޅުލަން ފަށައިފިއެވެ. އަދި މިސްކިތާއި މިސްކިތް ހުންނަ ސަރަހައްދުތަކުގައި އިތުރު ސީސީޓީވީ ކެމެރާތައް ހަރުކުރަންވެސް ފަށައިފިއެވެ.

މުސްލިމް ޖަމާއަތުން ބުނެފައިވަނީ މިފަދަ ފިޔަވަޅުތަކެއް އަޅަންފެށީ ކެނެޑާގެ ކިޔުބެކްގެ މިސްކިތަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު ސަލާމަތީ ފިޔަޅެއްގެ ގޮތުން ކަމަށެވެ.

އެމްސްޓަޑަމްގެ ބޮޑެތި މިސްކިތްތަކަށް ކޮންމެ ނަމާދު ވަގުތެއްގައިވެސް ގިނަ އަދަދެއްގެ މީހުން ނަމާދަށް އަރައެވެ. އެހެންކަމުން ނަމާދުކުރުން ހުއްޓުވަން އުޅޭ ޓެރަރިސްޓުން ކޮންމެ ވަގުތަކުވެސް ހަމަލާއެއް ދީފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ނެދަރލޭންޑްސްގެ އިތުރުން ޔޫރަޕުގެ އެހެން ޤައުމުތަކުގައިވެސް މިފަދަ ސަލާމަތީ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.
މިއަދު އޮންލައިން