ފަލަސްޠީނު ރައްޔިތުން ފަލަސްޠީނުގެ ބިމުގަ އަޅާފަހުރި 4000 ގެ އިޒްރޭލުން ތަޅާލަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ފަލަސްޠީނު ރައްޔިތުން ފަލަސްޠީނުގެ ބިމުގަ އަޅާފަހުރި 4000 ގެ އިޒްރޭލުން ތަޅާލަނީ!
ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ބިންތަކުގައި އަޅާފައި ހުރި 4000 އަށްވުރެ ގިނަ ގެތައް ތަޅާލަން އިޒްރޭލުން ނިންމައިފިއެވެ.

މިގެތަކަކީ 1967 ވަނަ އަހަރު އިޒްރޭލުން ފޭރިގެންފައިވާ ފަލަސްޠީނުގެ ބިންތަކުގައި އެއިރުވެސް ހުރި ގެތަކެވެ. އެމީހުންގެ އަމިއްލަ ބިންތަކުގައި އަޅައި ދިރިއުޅެމުން އަންނަ ގެތަކެވެ.

އިޒްރޭލުގެ ބަންޑާރަ ނައިބު މިއަދު ބުނީ އެ ގެތައް އަޅާފައިވަނީ ޤަވާއިދާއި ޚިލާފަށް ކަމަށާއި އެގެތައް ތަޅައި ބިންސާފުކުރަންޖެހޭ ކަމަށެވެ.
ފަލަސްޠީނުން މިއަދު ވަނީ މި މައްސަލަ އާއި ފަލަސްޠީނުގެ ބިންތަކުގައި އިޒްރޭލުން ވަޒަންވެރިވަމުން އަންނަ މައްސަލައިގައި މިހާރުވެސް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ގޮތެއް ނިންމައި ދިނުމަށް އެކޯޓުގައި އެދިފައެވެ.

ފަލަސްޠީނުން މިކަމަށް ކިތަންމެ ވަރަކަށް އެދުނު ނަމަވެސް އެ ކޯޓުން މިކަމަށް އެއްވެސް ހައްލެއް ހޯދައިދީފާނެ ކަމާއިމެދު ވަނީ ސުވާލު އުފެދިފައެވެ. އަދި އެކޯޓުން ހުމެއް ކުރި ނަމަވެސް އެ ހުކުމަށް އިޒްރޭލުން އަމަލުކުރާނެ ކަމާއިމެދުވެސް ވަނީ ސުވާލު އުފެދިފައެވެ.
މިއަދު އޮންލައިން