ނައިޖީރިއާގެ މިސްކިތެއްގައި ބޮންގޮއްވަން ބޮން ބެލްޓް އަޅައިގެން މިސްކިތަށް ދިއަ އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކު ސަލާމަތީ ބާރުތަކުން ހުއްޓުވުމުން އަމިއްލައަށް ބެލްޓް ގޮއްވާލައިގެން މަރުވެއްޖެއެވެ.
އޭނާއަށް ސިފައިން ފެނުމުން މަގުހުރަސްކުރިއިރު އަމަލުތައް ހުރިގޮތުން ޝައްކުވެގެން ހުއްޓުވައި މޫނުބުރުގާ ނަގަން އެންގުމުން ހަށިގަނޑުގައިވާ ބެލްޓް ގޮއްވައިލީއެވެ. މިހާދިސާގައި އިތުރު މީހަކަށް ގެއްލުމެއް ނުލިބޭކަމަށް ރިޕޯޓްތައް ބުނެއެވެ.
ނައިޖީރިއާގައި ހަރަކާތްތެރިވާ ޓެރެރިސްޓުން އެމީހުންގެ ހަމަލާތައް މިހާރަކަށް އައިސް ގިނައިން ބޭނުންކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.
މިހާދިސާގެ އިތުރުންވެސް މިސްކިތަކަށް ވަނީ ހަމަލާ ދިފައެވެ. އެހަމަލާގައި އެކަކު މަރުވިކަމަށް ރިޕޯޓްތައް ބުނެއެވެ.