ސީރިޔާ ހަނގުރާމަވެރިންނަށް އެމެރިކާ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 9ސ
ސީރިޔާ ހަނގުރާމަވެރިންނަށް އެމެރިކާ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި ސައުދީގެ ފައުޖަށް ވާކިވެރިވާ ހަނގުރާމަވެރިންނަށް އެމެރިކާ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފިއެވެ.

ސީރިއާގައި ހަނގުރާމަކުރަމުންދާ އަރަބި ގުޅިފައިވާ ފައުޖުން އެހީތެރިކަން ފޯރުކޮށްދޭ ސީރިއަން ޑިމޮކްރެޓިކް ފޯސެސް (އެސްޑީއެފް)ގެ ތަރުޖަމާން ތޮލާލް ސިލޯ ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން ފޮނުވި އެހީ ލިބިފައި ވަނީ މީގެ ފަސް ދުވަސް ކުރިން ކަމަށެވެ. އޭގެ ތެރޭގައި ހަތިޔާރު ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ތޮލާލް ވިދާޅުވީ މިއީ މިގޮތަށް ފާޅުގައި އެމެރިކާ ސަރުކާރުން ހަތިޔާރު ފޯރުކޮށްދިން ފުރަތަމަ ފަހަރު ކަމަށެވެ. ހަތިޔާރުގެ ތެރޭގައި ހިމެނެނީ ލުއި ހަތިޔާރާއި ވަޒަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މަސައްކަތުގައި އެމެރިކާ ސަރުކާރުގެ އެހީތެރިކަން ކުރިއަށް ވުރެ ވެސް ބޮޑަށް އެބަ އޮތް ކަމަށެވެ.

މި ޝިޕްމަންޓް ފޮނުވިކަން ޕެންޓަގަންގެ ތަރުޖަމާން ޖޯން ޑޯރިއަން ވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ ހަތިޔާރު ފޯރުކޮށްދީފައި ވަނީ އެކަމާ ގުޅުން ހުރި އޮތޯރިޓީތައް މެދުވެރިކޮށް ކަމަށެވެ.

ސައުދީގެ ފައުޖަށް ސީރިއާގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭ އެސްޑީއެފްގައި ހިމެނޭ ސީރިއަން ކުރުދިޝް ވައިޕީޖީ އަކީ އިސްލާމިކް ސްޓޭޓް (އައިއެސްއާ) ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތެކެވެ.

ސީރިއާގައި އައިއެސްގެ ބާރުގަދަ ސަރަހައްދެއް ކަމަށްވާ ރައްގާ އާއި މޫސަލްގައި ހިނގާ އޮޕަރޭޝަންތައް ވަރުގަދަކުރައްވާނެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވެރިކަމުން ފައިބައިވަޑައިގެންނެވުމުގެ ކުރިން ވިދާޅުވެފައި ވެއެވެ.
މިއަދު އޮންލައިން