ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ނަވާޒް ޝަރީފް

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 25ސ
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ނަވާޒް ޝަރީފް
ފަލަސްތީނާއި އިޒްރޭލާއި ދެމެދު އުފެދިފައިވާ މައްސަލަ ހައްލުކުރުމުގައި ބައިނަލްއަގްވާމީ މުޖުތަމައު ކުޅެން ޖެހޭ ރޯލު ކުޅުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ގޮވާލައްވައިފިއެވެ.

ޕާކިސްތާނަށް މިހާރު ވަޑައިގެން އުޅުއްވާ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާއެކު އިސްލާމްއާބާދުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހު ދެބޭފުޅުން އެކުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފު ވިދާޅުވީ ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރެވިގެންނޫނީ މެދުއިރުމައްޗަށް ސުލްހައެއް ނުގެނެވޭނޭ ކަމަށާއި އެކަން ނުކޮށް ސުލްހައަށް ކުރެވޭ އެއްވެސް މަސައްކަތަކުން ނަތީޖާއެއް ނުނިކުންނާނޭ ކަމަށެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ޕާކިސްތާނަށް ވަޑައިގެންނެވީ ތިން ދުވަހުގެ ދަތުރުފުޅެއްގައި ހޯމަ ދުވަހުއެވެ. އިޒްރޭލާއި އަރަބީންނާ ދެމެދު 1967 ވަނަ އަހަރު ކުރި ހަ ދުވަހުގެ ހަނގުރާމައަށް ފަހު އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ހުރިހާ ބިންތަކުން ފޭބުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ތަންފީޒު ކުރުމަށްވެސް ޕާކިސްތާނުގެ ބޮޑުވަޒީރު ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލެއްވިއެވެ.

ރައީސް ނަވާޒް ޝަރީފާއި އަދި ރައީސް މަހްމޫދު އައްބާސް ބޭއްވި ނޫސް ކޮޮންފަރެންސްގައި ރައީސް މަހްމޫދު އައްބާސް ވަނީ ޕާކިސްތާނުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.

އިސްލާމްއާބާދުގައި އަލަށް ގާއިމްކުރި ފަލަސްތީނުގެ އެމްބަސީ ރައީސް މަހްމޫދު އައްބާސްއާއި ޕާކިސްތާނުގެ ބޮޑުވަޒީރާ ދެބޭފުޅުން ހުޅުއްވާދެއްވާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
މިއަދު އޮންލައިން