އިންޑިއާގެ ފިލްމްތައް ޕާކިސްތާނުގެ ސިނަމާތަކުގައި ދެއްކުން ހުއްދަ ކޮށްފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 1ސ
އިންޑިއާގެ ފިލްމްތައް ޕާކިސްތާނުގެ ސިނަމާތަކުގައި ދެއްކުން ހުއްދަ ކޮށްފި
ބޮލީވުޑް ފިލްމްތައް ޕާކިސްތާން ސިނަމާތަކުގައި ދެއްކުމުގެ ހުއްދަ އެގައުމުން ދީފި އެވެ.

ޕާކިސްތާން ސިނަމާތަކުގައި ބޮލީވުޑް ފިލްމު ދެއްކޭނެކަމުގެ ހުއްދަ ދީފައިވާއިރު، އެގައުމުގެ ޕްރައިމް މިނިސްޓާގެ ސެކްޓޭރިއަޓް ވަނީ ބަޔާނެއް ވެސް ނެރެފައެވެ. އެގޮތުން ފިލްމުތައް ދެއްކުމުގެ ހުއްދަ ދިނީ ޕާކިސްތާން ފިލްމް އިންޑަސްޓްރީގެ ކުރިމަގަށް ބެލުމަށްފަހު ކަމަށްވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.

މި ނިންމުމާއެކު ޕާކިސްތާން ފިލްމު ނޫން އެހެން ގައުމެއްގެ ފިލްމެއް ދައްކާނަމަ އެކަމަށް ހުއްދަ އަށް އެދި އިންފޮމޭޝަން މިނިސްޓްރީގައި އެދެން ޖެހޭނެ އެވެ. މީގެއިތުރުން ފިލްމާ ބެހޭ މައުލޫމާތު އަދި ފިލްމުގެ ސީޑީއެއް ހުށަހަޅަން ޖެހޭކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ރިޕޯޓްތައް ބުނާގޮތުން މި ނިންމުމާއެކު ކުރިޔަށް އޮތް ހަފްތާތެރޭގައި ބޮލީވުޑް ބައެއް ފިލްމުތައް ޕާކިސްތާން ސްކްރީންތަކުގައި އަޅުވާނެ އެވެ. އެންމެ ފުރަތަމަ އަޅުވާ ބޮލީވުޑް ފިލްމަކަށްވެގެންދާނީ ރައީސް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޕާކިސްތާނުގައި ތުރުކީ އަދި އިރާންގެ ފިލްމުތައްވެސް އެޅުވުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.
މިއަދު އޮންލައިން