އިންސާފުވެރިކަން ދުނިޔެއަށް ދައްކަން އިޒްރޭލް ކޯޓަކުން ޑްރާމާ ކުޅުމުން ޔަހޫދީންނާ ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
އިންސާފުވެރިކަން ދުނިޔެއަށް ދައްކަން އިޒްރޭލް ކޯޓަކުން ޑްރާމާ ކުޅުމުން ޔަހޫދީންނާ ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގައިފި
އިޒްރޭލުން ފޭރިގެންފައިވާ ފަލަސްޠީނުގެ ސަރަހައްދެއްގައި ޔަހޫދީން ގެދޮރުވެރި ކުރުވާފައިވަނީ ޤަވައިދާ ޚިލާފަށް ކަމަށާއި އެ ގެތަކަކީ ފަލަސްޠީނު ރައްޔިތުންގެ މިލްކެއްކަމަށް އިޒްރޭލު ކޯޓަކުން ހުކުމް ކުރުމުން ހައްދުފަހަނައަޅާފައިވާ ޔަހޫދީންނާއި ޔަހޫދީ ފުލުހުންނާއި ދެމެދު ކުރިމަތިލުންތަކެއް ހިނގައިފިއެވެ.

ކޯޓުގެ މި ޙުކުމާއި ގުޅިގެން ފުލުހުން 40 ގެ ހުސްކުރަން ދިއުމުން ޔަހޫދީން ވަނީ ފުލުހުންގެ މޫނަށް ސްޕްރޭ ޖަހައި ގައަށް ގާއުކައިފައެވެ. މިކަމުގެ ތެރޭގައި 12 ވަރަކަށް ފުލުހުންނަށް ކުދިކުދި އަނިޔާތައް ވަނީ ލިބިފައެވެ.

މިއީ ހިފާފައިވާ ބިންތަކުގައި 12،000 ގެ އަޅަން އިޒްރޭލު ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއަކީ އިންސާފުވެރި ކަމެއްކަން ދުނިޔެއަށް ދެއްކުމަށް ހިންގި އަމަލުތަކެއް ކަމަށް ބެލެވެއެވެ.

ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވަނީ ހަމައާއި އިންސާފުންކަމަށް ދައްކަން ކިތަންމެ ގިނަ މަޅިތަކެއް ޖެހި ނަމަވެސް އެއީ އެމެރިކާ ފިޔަވައި ދުނިޔެ ބަލައިގަންނާނެ ކަމެއް ނޫނެވެ. ދުނިޔެ މިހާރުވެސް ގެންދަނީ އެކަމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.
މިއަދު އޮންލައިން