ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް ރޫމޭނިއާގެ ރައްޔިތުން ނުކުމެ މަގުތައް ފުރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް ރޫމޭނިއާގެ ރައްޔިތުން ނުކުމެ މަގުތައް ފުރާލައިފި
ސަރުކާރުގެ ކޮރަޕްޝަނާއި ދެކޮޅަށް ރޫމޭނިއާގެ ރައްޔިތުން މަގުތަކަށް ނުކުމެ މަގުތައް ފުރާލައިފިއެވެ.

ރޫމޭނިއާގެ 3 ސަރަހައްދެއްގައި ގިނަ ބައަކު މަގުތަކަށް ނުކުމެ މަގުތައް ފުރާލާފައިވާއިރު ބައެއް ސަރަހައްދުތަކުގައި 60،000 އަށްވުރެ ގިނަ މީހުން މުޒާހަރާކުރިކަމަށް ރިޕޯޓްތައް ބުނެއެވެ.

ރޫމޭނިއާގެ ރައްޔިތުން ބުނަމުން ގެންދަނީ ބޮޑުވަޒީރު ވެރިކަމަށް އައި ދުވަހުން ފެށިގެން ކުރަނީ ވައްކަން ކަމަށެވެ. ކޮރަޕްޝަނުގެ އަމަލުތައް އިންތިހާއަށް ގޮސްފައިވާ ކަމަށެވެ. އަދި މިހާރު މަސައްކަތްކުރަނީ ކޯޓުތައް މެދުވެރިކޮށް ހުރިހައި ކަންކަން އޮއްބަން ކަމަށެވެ.

ރޫމޭނިއާ އަކީ އީޔޫގެ ޤައުމެއްގެ ގޮތުގައި ހަމަޖެހުނުފަހުން މިއީ މިފަދަ މުޒާހަރާއަކަށް އެންމެ ގިނަ މީހުން ނުކުތް ދުވަހެވެ. އިއްޔެވެސް ވަނީ މިފަދަ މުޒާހަރާތައް ކުރިއަށް ގެންގޮސްފައެވެ.

ރޫމޭނިއާއަކީ ވެސް ކޮރަޕްޝަން އިތުރު ރައްޔިތުންނަށް ތަފާތު ގިނަ މައްސަލަތައް ކުރިމަތިވެފައިވާ ޤައުމެކެވެ.
މިއަދު އޮންލައިން